ރާއްޖޭގެ ތިމާވެށްޓާބެހޭ ބައެއް ކަންތައްތައް ޔޫރަޕިއަން ކޮމިޝަނަށް ހާމަކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިލަދުންމަޑުލު އުތުރުބުރިއަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހަވީރު ކޮމަންޑުއަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމާބެހޭ މަޢުލޫމާތު ދެއްވީ، މިއަދު ރާއްޖެ ވަޑައިގެންނެވި ޔޫރަޕިއަން ޔޫނިއަންގެ ކޮމިޝަނަރ ފޮރ ކްލައިމެޓް އެކްޝަން، ކޯނީ ހެޑްގާޑަށާއި، އެކަމަނާގެ އަރިހުގައި ގެންނެވި ވަފުދުގެ ބޭފުޅުންނަށެވެ. މޫސުމަށް އަންނަ ބަދަލުތަކާގުޅިގެން ރާއްޖޭގެ ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތައް މި ދަތުރުފުޅުގައި އެބޭފުޅުން ތަޖްރިބާ ކުރައްވާނެއެވެ.