ސުވާލު:
ދެވަނަ ސުވާލަކަށް އަސްލު އަޅުގަނޑު ބޭނުމީ މުޖުތަމަޢު އާއި ވަރަށް ގުޅޭ ސުވާލެއްކޮށްލަން. އެއީ މަސްތުވާތަކެތި ބޭނުންކުރާ ކުދިންނަށް އެން.ޑީ.އޭ (ނޭޝަނަލް ޑްރަގް އޭޖެންސީ) އިން ދޭ ފަރުވާ އާއި ބެހޭ ގޮތުން. މި ފަރުވާގެ ތެރޭގައި މިސާލަކަށް އެކުއްޖާ އަމިއްލަ ގޮތުން މެތަޑޯން އަށް ބައިވެރިވެގެން އުޅެނިކޮށް ކުރީގެ މައްސަލައެއްގައި ޑްރަގް ކޯޓުން މި ހުކުމްކުރަނީ ރިހެބަށް ދާން. ކުރީމާ އެއްކަލަ ކުއްޖާ ވަޒީފާގައި ހުރެފައި ވަޒީފާ ދޫކޮށްލާފައި އެބަ ބުނޭ އެކޮޅަށް ދާން. އެހެންވީމާ އޭގެ ބަދަލުގައި އެ ކުއްޖާ ހުރި ޓްރީޓްމަންޓްގައި އެކުއްޖާއަށް ހުރެވޭނެ ގޮތެއް ހަދައިދެވޭނެ ގޮތެއް އެ ޤާނޫނުގެ ތެރެއިން ހަމަޖައްސަވައިދެއްވުން. މި ދެ ސުވާލު އަޅުގަނޑު ކޮށްލަން ބޭނުންވަނީ. އުއްމީދުކުރަނީ މި ދެ ކަމަށް ވަރަށް އަވަހަށް ހައްލެއް ގެނެސްދެއްވާނެކަމަށް. ޝުކުރިއްޔާ.

ޖަވާބު:
ދެވަނަ ސުވާލަކީ މެތަޑޯން ޓްރީޓްމަންޓް ނަގާ ކުދިން އެކަން ކުރަމުން ދަނިކޮށް އަނބުރާ ޖަލަށް ގެންދަން އޮންނަ އޮތުން ބަދަލުކޮށް ޓްރީޓްމަންޓް ކޮންޓިނިއު ކުރެވޭނެތޯ؟ އާދެ، އެގޮތަށް ހެދޭނެ. އަޅުގަނޑު އިރާދަކުރެއްވިއްޔާ ތިޔަ ކަމާއި ގުޅޭގޮތުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއާއި އަދި ކަމާއި ބެހޭ ފަރާތްތަކާއި އެކީގައި ވާހަކަދައްކާ ދަންނަވާނަން، ތިޔަ ވިދާޅުވި ކަންތަކުގައި މިހާރު އޮންނަ ގޮތް މިހާރަށްވުރެ ހަރުދަނާކޮށް އެކަމުގައި ޓްރީޓްމަންޓް އެއްކޮށް ކޮންޓިނިއުކޮށް ނިންމޭނެ ގޮތް ހަދައިދިނުމަށްޓަކާ ހަމަޖައްސަންޖެހޭ ކަންތައްތައް ޤާނޫނީ އިމުގެ ތެރެއިން ހަމަޖައްސަން. ވަރަށް ރަނގަޅު ސުވާލެއް. ވަރަށް ބޮޑަށް ޝުކުރިއްޔާ.