ސުވާލު:
އަޅުގަނޑު ރައީސްއާއި ކޮށްލަން ބޭނުންވާ ދެ ސުވާލެއް އެބައޮތް. ފުރަތަމަ ސުވާލަކީ އަސްލު އަޅުގަނޑުމެން ވަރަށް ބޮޑަށް އެދޭކަމެއް. ކޮމްޕެނީތަކުގައި، މިސާލަކަށް ބަލަންޏާ އެމްޓީސީސީ ނޫނީ އެޗްޑީސީ އަދި އޭގެ އިތުރުން ވެމްކޯ ކަހަލަ ތަންތަނަކީ ވަރަށް ބުރަ މަސައްކަތް ކުދިން ކުރާ ތަންތަން. އެތަންތަނުގައި ރިސްކް އެލަވަންސް ނުލިބޭތީވެ އެކަމުގައި ރައީސްއަށް ކޮށްދެވެން އޮތީ ކޮންކަމެއްތޯ އާއި އެ ކަންތައްތައް ވީހައިވެސް އަވަހަށް އަޅުގަނޑުމެންނަށް ލިބޭނެ ގޮތެއް ހަމަޖައްސައިދިނުން.

ޖަވާބު:
އާދެ! އާމިނަތު ނަތާޝާ ތިޔަ ކުރެއްވީ ވަރަށް މުހިންމު ދެ ސުވާލު. އެއް ސުވާލަކީ ރިސްކް އެލަވަންސްގެ ވާހަކަ. ސަރުކާރު ކުންފުނިތަކުން. މިކަމަކީ އެކި ކުންފުނިތަކުގައި އެކި ކަހަލަ މަސައްކަތްތައް މިއޮންނަނީ ކުރަން. އެކުރާ މަސައްކަތުގައި ރިސްކް އިންކްލޫޑްވާ، ހިމެނޭ ކަމަށް ވަންޏާ އެ ކުންފުންޏެއްގެ ކޯޕަރޭޓް ސިޔާސަތުގެ ތެރެއިން އެކަން ހަމަޖެއްސިގެން ދާން ޖެހޭނީ. ދެން މިސާލަކަށް އެމްޓީސީސީ އިން ބަނދަރު ހެދުމާއި މިކަހަލަ މަސައްކަތްތަކުގައި އުޅޭ ފަރާތްތައް ތަފާތުވާނެ، އެކަހަލަ އެއްވެސް އައުޓްޑޯ މަސައްކަތެއް ނޫނީ އެކަހަލަ ރިސްކީ ތަނެއްގައި މަސައްކަތް ނުކުރާކަހަލަ ކުންފުންޏެއްގެ މުވައްޒަފުން. އެހެންވީމާ އަޅުގަނޑުމެން ބަލާނަން އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައި މިހާރަށްވުރެ ރަނގަޅަށް ވީހައިވެސް ގިނަ ފަރާތްތަކަށް، ހައި ރިސްކް އެންވަޔަރަންމަންޓެއްގައި މަސައްކަތްތައް ކުރާ މުވައްޒަފުން ހިމެނޭ ކުންފުނިތަކުގައި، މިހާރަށްވުރެ މާ ޝާމިލްކަން ބޮޑު ގޮތެއްގައި ރިސްކް އެލަވަންސް ތަޢާރަފްކުރުމުގެ ކަންތައްތައް ކުރިއަށް ގެންދަން. ތިޔަ ދެއްވި ޚިޔާލުފުޅަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.