ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީގެ މެންބަރުންނާއި ބައްދަލުކުރައްވައި ރަށުގެ ރައްޔިތުން ބޭނުންވާ އެންމެ މުހިންމުކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހިތާދޫ ކައުންސިލުގެ އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބަނދަރުގެ ބަނދަރު މަރާމާތުކުރުމުގެ މަސައްކަތް އަވަހަށް ފެށިގެން ދިއުމާއި ބިންހިއްކައި ރަށުގައި ހައުސިންގ ޔުނިޓްތައް ޤާއިމުކުރުމަށް ބޭނުންވާކަމަށާއި މަގުހެދުމާއި ޞިއްޙީ މަރުކަޒުގެ ފެންވަރު މަތިކުރުމާއި ކަރަންޓުގެ ޚިދުމަތް ދިނުމުގައި ހުރި ދަތިކަންތައްތައް އަދި މި ނޫންވެސް ބިނާރުގެ އެކިއެކި މަޝްރޫޢުތަކާއި ރަށުގެ ތަރައްޤީއަށް މުހިންމުކަންތައްތައް ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ސަރުކާރުގެ ކަމާގުޅޭ ފަރާތްތައް މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލާ ހިއްސާކުރައްވާފައެވެ.