ސުވާލު:
އައްސަލާމު ޢަލައިކުމް. އަޅުގަނޑަކީ ހއ. މުރައިދޫގެ ޒުވާނެއް. އަޅުގަނޑުމެންގެ ވަރަށް ބޮޑު ކޮންސާރންއެއް މިއީ. މުރައިދޫ ބަނދަރު، ކުރީގެ ސަރުކާރުން ފަށާފައި، އެހެންނަމަވެސް މިހާރު އެމަސައްކަތް ވަނީ ހުއްޓިފައި. ދެން މި އިރުވައި މޫސުމުގައި އަޅުގަނޑުމެންނަށް ބަނދަރުގެ ދަތި ކަމުގެ ސަބަބުން، ބަނދަރު އެއްވެސް ހާލަތެއްގައި ބޭނުމެއް ނުކުރެވޭ. ދެން މިހާރު އައި ރާޅާއެއްކޮށް ބޭރު ތޮށި އޮތީ އެއްކޮށް ރޫޅިފައި. ދެން އެބަނދަރުގައި އަޅުގަނޑުމެން އެބަ ބޭނުންވޭ ދާއިމީ ޙައްލެއްވެސް. ދެން މި މަޝްރޫޢު ކުރިއަށް ރޭވިފައި ވަނީ ކިހިނެއްތޯ؟ އަދި މި ބަނދަރުގެ މަސައްކަތް ފެށިގެންދާނީ ކޮންދުވަހަކުންތޯ؟


ޖަވާބު:
ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ. މުހިއްމު ސުވާލެއް. މުރައިދޫއަށް ހަމަ އެންމެ މުހިއްމު އެއް ސުވާލު. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ބަނދަރުގެ މަސައްކަތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ވަރަށް އަވަހަށް ކުރިއަށް ގެންގޮސްދޭނަން. ދެން މި މަސައްކަތް ހުއްޓިފައި މިއޮތީ، މަސައްކަތް ފަށާފައި އެމަސައްކަތް ކުރިއަށް ގެންދެވޭވަރަށް ބަޖެޓްގައި ފައިސާ ހިމަނައިފައެއް ނެތް. ޙަޤީގަތުގައި ވާގޮތަކީ އަލަށް މިފަހަރުގެ ބަޖެޓް ހެދިއިރު މީގެ ކުރިން ދުވަހަކުވެސް ބަޖެޓް ހަދާއިރު ނުކުރާ ކަމެއް، މިހާރު އޮތް މަޖިލީހުން ކޮށްފައި އޮތީ. އެއީ އޮންގޮއިން މަޝްރޫޢެއް ވެއްޖެއްޔާ ނިންމޭވަރަށް ބަޖެޓްގައި ފައިސާ ހިމަނާނެ. އަލަށް ފަށާ މަޝްރޫޢެއްވިއްޔާ ބައެއްފަހަރު %15 ކިރިޔާ ދެވޭ ވަރަށް ހިމަނައިފާނެ. އެކަމަކު ހިނގަހިނގާ ހުރި މަޝްރޫޢުތަކަށް އެބަހުރި އެންމެ ބިލެއް ނުދެއްކޭވަރަށް ވެސް، އެންމެ ދެބިލް، އެއްބިލް ނޫނީ ދެބިލް ކިރިޔާ ދެއްކޭވަރަށް އެންމެ ގިނައިންވެސް މިސާލަކަށް، އެހެންވެ ނުހިންގިފައި މިހިރީ. މިއީ ދުވަހަކުވެސް ރާއްޖޭގައި މަޖިލީހުން ކޮށްފައި އޮތް ކަމެއްނޫން. މިއީ މަޖިލީހުން ވަރަށް ގޯސްކޮށް ކޮށްފައި އޮތް ކަމެއް، އެހެންވެގެން. މިއީ އެކްސްޕްލެނޭޝަނެއް، އެކްސްކިއުޒްއެއްނޫން، ހާލަތު ދަންނަވާލަންވެގެން. ތިރަށުގައި އެކަނި އެހެންވެފައިއޭ ދަންނަވާކަށްވެސް ނޫން.
އެހެންވީމާ ތިޔަ މަސައްކަތް ކުރާނަން އިރާދަކުރެއްވިއްޔާ. ވަރަށް ރަނގަޅަށް ގެންގޮސް ރައްޔިތުން އެދޭ ގޮތަށް މައްސަލަ ހައްލުކޮށްދޭނަން. އިރާދަ ކުރެއްވިއްޔާ މުރައިދޫގެ ބަނދަރު ކަންތައް ނިންމާނަން.