ސިފައިންގެ ޤާނޫނަށް އިޞްލާޙު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހެޅިފައިވާ ބިލާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ޚިޔާލުފުޅު ހުރިގޮތް، މާދަމާގެ ރޭޑިޔޯ ޚިޠާބުގައި އެމަނިކުފާނު ހާމަކުރައްވާނެއެވެ. އަދި އެމަނިކުފާނު މިހާރު ޖަރުމަނުވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ މައްޗަށްވެސް މާދަމާގެ ރޭޑިޔޯ ޚިޠާބުގައި ބައްލަވައިލައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބު ދިވެހިރާއްޖޭގެ އަޑުން ފޮނުއްވާނީ މާދަމާ ހެނދުނު 10 ޖަހާއިރުއެވެ.