ސުވާލު:
އައްސަލާމު ޢަލައިކުމް. އަޅުގަނޑުގެ ސުވާލަކީ ރައީސްއަށް، ދިވެހިރާއްޖޭގެ ޓޫރިޒަމްއާއި އަޅުގަނޑުމެންގެ އިޤްތިޞާދާއި ގުޅިފައިވާ ސުވާލެއް. މިސުވާލަކީ ދިވެހިރާއްޖޭގައި މިހާރު ސަރފިންގ ޓޫރިޒަމްއަކީ، މިއީ ވަރަށް ބޮޑަށް އަޅުގަނޑުމެންގެ އިޤްތިޞާދާއި ގުޅިފައިވާ ކަމެއް. ޚާއްސަކޮށް އަތޮޅުތަކުގައި ރާޅާ އަޅަން އަންނަ ފަތުރުވެރިންނަށް މިއޮތީ ވަރަށް ބޮޑު ދަތިތަކެއް ކުރިމަތިވެފައި. މޯލްޑިވިއަންއިން މިނަގާ ސަރފްބޯޑްގެ ސަރޗާރޖު މިވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައި. މިގޮތުން ބަލާއިރު މާލެއިން ފެށިގެން ގައްދޫއަށް ފަތުރުވެރިޔަކު އަންނަ ކަމުގައިވަންޏާ، އަޅުގަނޑުމެންނަކީ ލޯކަލް ޓޫރިޒަމް ތަރައްޤީކުރާ ބައެއް ވީމާ މުސްތަޤުބަލަށް މިވާހަކަ މިދެކެވެނީވެސް، އެހެންވީމާ ގާތްގަނޑަކަށް ބުނާނަމަ އަޕް އެންޑް ޑައުން ޓިކެޓް އަދި ސަރ ޗާރޖް އާއި އެކީގައި 800 ޑޮލަރު، މިހާރުގެ ރޭޓަކީ. އެހެންވީމާ އަޅުގަނޑުގެ ސުވާލަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު މިކަމަށް އެއްވެސް ޙައްލެއް ހޯދައިދޭނަންތޯ؟


ޖަވާބު:
ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ. އާދެ! ތިޔަ ވިދާޅުވި ކަންތަކަކީ، ތިޔަބޭފުޅުންނަށް ސަރފިންގގައި އުޅޭ ބޭފުޅުންނަށް ވަރަށް ބޮޑުވެފައި އޮތް ކަމެއްކަމަށް އަޅުގަނޑު ޤަބޫލުކުރަން. މިސަރަޙައްދަކީ، އަދި ގައްދޫއަކީ ހަމަ ސަރފިންގގައި ވަރަށް ކުރީގައި އުޅޭ ސަރަޙައްދަކަށްވެސް ވެފައި މިއޮތީ. އެހެންވީމާ އެގޮތުންނާއިވެސް އެކީގައި، އިރާދަކުރެއްވިއްޔާ ތިޔަ ވިދާޅުވި ކަންތަކުގައި އަޅުގަނޑު މަސައްކަތް ކޮށްދޭނަން އިނގޭތޯ. ތިޔަ ވިދާޅުވާ އަގު ދެއްތޯ. މޯލްޑިވިއަންއިން ސަރފްބޯޑު ގެނައުމަށް މިނަގާ ޗާރޖް ވަރަށް ބޮޑު. އެހެންނޫންތޯ؟ އެހެންވީމާ އަޅުގަނޑު އެކަމާއި ވާހަކަ ދައްކައިގެން އިރާދަކުރެއްވިއްޔާ އެއަށް ރަނގަޅު ޙައްލެއް ގެނެސްދޭނަން އިނގޭތޯ. އަގު ކުޑަ ކޮށްދޭނަން އިރާދަކުރެއްވިއްޔާ، ހަމަ ވީހާވެސް ބޮޑަކަށް. އިނގޭތޯ.