ނޯދަން ޔުޓިލިޓީޒް ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ މުއްދަތު ހަމަވެފައިވާތީ، ޑިރެކްޓަރުންގެ ބޯޑު، ރައީސުލްޖުމްހޫރިއްޔާ އަލުން އެކުލަވާލައްވައިފިއެވެ. މިގޮތުން، ބޯޑުގެ ޗެއަރމަންގެ މަގާމަށް ހަމަޖައްސަވާފައިވަނީ، މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ލަކީ ކޯނަރ އާދަމް ނަސީމް ޔޫސުފެވެ. ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، ފާދިއްޕޮޅު ހިންނަވަރު ފަރިވާގޭ އާދަމް ޙުސައިނާއި، މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު އަސަރީގޭ އާޔަތުﷲ ޙުސައިނާއި، ހެންވޭރު ނީލާ އަޙްމަދު ޝަމްޢޫނާއި، މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ދާއިރާ މަޢްރޫފް ޒާކިރާއި، މާފަންނު ހިޔަމަ ޢަލީ މާޖިދާއި، މާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު 2898 ޢަލީ ޙަސަނެވެ.