ވޭސްޓް މެނެޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް ގެ މެނެޖިންގ ޑިރެކްޓަރަކަށް ބޭފުޅަކު ހަމަޖައްސަވައިފިއެވެ. މިމަގާމަށް ހަމަޖައްސަވާފައިވަނީ، މިލަދުންމަޑުލު ދެކުނުބުރީ ހުޅުދޫ އާރާމުގޭ ޢަލީ ރަޝީދެވެ. ކުރިން އުފައްދަވާފައިވާ މިބޯޑުގެ ޗެއަރމަނަކީ، ޅ. ހިންނަވަރު ދޭލިޔާގޭ މަޙްމޫދު މުޙަންމަދެވެ. ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން މެންބަރުންނަކީ، މާފަންނު ފެހިގިރި ޢަބްދުލްޢަޒީޒް ޢަބްދުލްޙަކީމާއި، ހެންވޭރު ކުރެދިމާގޭ އާދަމް ޢަބްދުލްޣަފޫރާއި، މާފަންނު ތަންތާރަ (ހުޅުމާލެ 4-3-08) މަރިޔަމް ވަޙީދާއާއި، މާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު 5259 ޙަސަން މުޙަންމަދެވެ.