އިންޑިޔާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުގެ ނައިބުގެ މަގާމަށް ހެންވޭރު އެއްގަމުގެއާގޭ ޚަދީޖާ އިބްރާހީމްދީދީ، ރައީސުލްޖުމްހޫރިއްޔާ އިސްކުރައްވައިފިއެވެ. މިމަގާމަށް އޭނާ އިސްކުރެއްވީ، މިނިސްޓަރުގެ ނައިބުގެ ފެންވަރުގައެވެ.