މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްގެ ނައިބުގެ މަގާމަށް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ. މިމަގާމަށް ޢައްޔަން ކުރެއްވީ، މާފަންނު މަޚްމާވިލާ އަލްއުސްތާޛާ އާމިނަތު ޝިފާޔާ އިބްރާހީމެވެ. އޭނާ މިހާތަނަށް ހުންނެވީ އެޓަރނީޖެނެރަލްގެ ނައިބުގެ މަގާމުގައެވެ.

މީގެއިތުރުން، ދެ ޕްރޮވިންސް އޮފީހުގެ ކައުންސިލަރުންނަށް ދެބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ. މިގޮތުން، އުތުރު ޕްރޮވިންސް އޮފީހުގެ ކައުންސިލަރަކަށް ޢައްޔަން ކުރެއްވީ، މާޅޮސްމަޑުލު އުތުރުބުރީ ކަނދޮޅުދޫ ނެލިވަރު އިބްރާހީމް ޢާޠިފެވެ. މެދު ޕްރޮވިންސް އޮފީހުގެ ކައުންސިލަރަކަށް ޢައްޔަން ކުރެއްވީ ހެންވޭރު ބައިކަނޑިގެއާގޭ ޢަބްދުﷲ ޝާކިރެވެ.