ކޯޕަންހޭގަން އެކޯޑްގެ ދަށުން ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ މިންވަރު %100އަށް މަދުކުރާނެކަން ރާއްޖެއިން އިޢްލާނުކޮށްފިއެވެ.

ކޯޕަންހޭގަން އެކޯޑްގައިވާ ގޮތުގައި ޤައުމުތަކުން ޖައްވަށް ބޭރުކުރާ ގޭސް މަދުކުރާނެ މިންވަރު 31ޖުލައި 2010ގެ ކުރިން ހާމަކުރަންވާނެއެވެ.

ޔުނައިޓެޑް ނޭޝަންސް ފްރޭމްވާރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ އެގްޒެކެޓިވް ސެކްރެޓަރީއަށް ފޮނުއްވި ސިޓީފުޅެއްގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ އަޙްމަދު ޝަހީދު ވިދާޅުވިގޮތުގައި، ރާއްޖޭގެ މިނިންމުމަކީ އެހެން އެއްވެސް ފަރާތެއްގެ ނުފޫޒެއްނެތް އަމިއްލަ ނިންމުމެކެވެ. އަދި ރާއްޖެއިން ޖައްވަށް ގޭސް ބޭރުކުރާ މިންވަރު ބައިނަލްއަޤްވާމީ ގޮތުން ބެލެވި ރިޕޯޓްކުރެވެންވާނެއެވެ.

ޖައްވަށް ބޭރުކުރާ ވިހަގޭހުގެ މިންވަރު %100އަށް ދަށްކުރާނެކަމަށް މިހާތަނަށް ދިވެހިރާއްޖެ ފިޔަވައި އެހެން އެއްވެސް ޤައުމަކުން ހާމަކޮށްފައެއްނުވެއެވެ.