ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސެ، އާ ދައުރަކަށް ރައީސްކަމުގެ މަގާމަށް ހޮވިވަޑައިގަތުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ރައީސް ރާޖަޕަކްސެއާ މިއަދު ފޯނުން ގުޅުއްވައި ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިއިންތިޚާބުގައި ކާމިޔާބީ ލިބިވަޑައިގެންނެވިކަން އެއީ ރާޖަޕަކްސެގެ ޒަޢާމަތަށާއި، ދުރު ވިސްނުންފުޅަށާއި ސިޔާސަތަށް ސްރީލަންކާގެ ރައްޔިތުންގެ ފުރިހަމަ ތާއީދު އޮތްކަން ހާމަވެގެންދިޔަ ކަމެއް ކަމުގައި ވިދާޅުވިއެވެ.

މިމުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާވަނީ ރައީސް ރާޖަޕަކްސެއަށް ތަހުނިޔާގެ މެސެޖެއްވެސް ފޮނުއްވާފައެވެ.