ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މާދަމާ ދެއްވާ ރޭޑިޔޯ ޚިޠާބުގައި އިންސާނީ ޙައްޤުތަކާބެހޭ ދުވަހުގެ މުހިންމު ކަމުގެ މައްޗަށް އަދި ސަރުކާރުން އިންސާނީ ޙައްޤުތައް ރައްކާތެރިކުރެއްވުމަށް ދެއްވާ ސަމާލުކަމާއި އަހަންމިއްޔަތުގެ މައްޗަށްވެސް ރައީސް ވާހަކަފުޅު ދައްކަވާނެއެވެ. އަދި މަސްވެރިންގެ ދުވަހުގެ މުހިންމު ކަމުގެ މައްޗަށާއި، މަސްކަނޑުތައް ބެލެހެއްޓުމުގެ ބޭނުންތެރިކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބު، ދިވެހިރާއްޖޭގެ އަޑުން ފޮނުއްވާނީ މާދަމާ ހެނދުނު 10 ޖަހާއިރުއެވެ.