ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މާދަމާ ދެއްވާ ރޭޑިޔޯ ޚިޠާބުގައި ޔޫ.އެސް.ޑޮލަރު ޓްރެޜަރީ ބޮންޑް ވިއްކަން ފެށުމާ ގުޅިގެން، އެކަމުން ރާއްޖޭގެ މާލިއްޔަތަށް ކުރާނެ ފައިދާތަކުގެ މައްޗަށް ބައްލަވާލައްވާނެއެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އަންނާނެ ހެޔޮ ބަދަލުތަކުގެ މައްޗަށްވެސް ބައްލަވާލައްވާނެއެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން ހަފްތާއަކު އެއްފަހަރު ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ރޭޑިޔޯ ޚިޠާބު، މިދިޔަ ހަފްތާއިން ފެށިގެން ފޮނުއްވަމުން ގެންދަވަނީ ހުކުރު ދުވަހު ހެނދުނު 10 ޖަހާއިރުއެވެ.