ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ގަވަރނިންގ ބޯޑް މިއަދު އެކުލަވައިލައްވައި، އެ ބޯޑަށް މެންބަރުން ޢައްޔަންކުރައްވައިފިއެވެ. މި ގޮތުން ބޯޑުގެ މެންބަރުކަމުގެ މަޤާމަށް ހަ ބޭފުޅަކު ވަނީ ޢައްޔަންކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބޯޑު އެކުލަވައިލައްވާފައި ވަނީ ތިރީގައި މި ދަންނަވާ ބޭފުޅުންގެ މައްޗަށެވެ؛

1. އަލްފާޟިލް މުޙައްމަދު ސާމިޢު (އެމްޓޭޝަންގެ، ރ.މަޑުއްވަރި)
2. ޑޮކްޓަރ ޙައްވާ ޢިނާޔާ ޢަބްދުއްރަޙީމް (އަލަމާގެ، ތ.ވިލުފުށި)
3. އަލްފާޟިލާ ފާތިމަތު ނަޝީދާ މުޙައްމަދު (މ.މުތާފުށި ، މާލެ)
4. އަލްފާޟިލް ޢަލީ އިބްރާހީމް (ފައިވްސްޓަރ، ރ.ދުވާފަރު)
5. އަލްފާޟިލް އާދަމް މާހިރު (މެޑޯޒް، ރ.އަލިފުށި)
6. އަލްފާޟިލް މޫސާ ޢުމަރުމަނިކު (ޗަބޭލީގެ، ރ.ފައިނު)

މި ބޯޑުގެ ޗެއަރޕަރސަންގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރެއްވީ އަލްފާޟިލް މުޙައްމަދު ސާމިޢު އެވެ.

މިބޯޑު އުފެއްދެވުމާގުޅިގެން މިއަދުން ފެށިގެން ރ.އަތޮޅުގައިވާ ސަރުކާރުގެ 14 ޞިއްޙީ މަރުކަޒު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ދަށުން ބެލެހެއްޓެވުމަށް ވަނީ ނިންމަވާފައެވެ.