ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް މިހާރު ސަޢޫދީ ޢަރަބިއްޔާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އެޤައުމުގެ މިނިސްޓަރ އޮފް ކޮމަރސް މާޖިދު އަލް ގަސާބީއާ ބައްދަލުކުރައްވައިފިއެވެ.

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް މިނާއަށް ކުރެއްވި ޒިޔާރަތުގައި ކުރިޔަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ސަޢުދީ ޢަރަބިއްޔާގެ ގުޅުން ޚާއްޞަކޮށް ވިޔަފާރީގެ ރޮނގުން ބަދަހިކުރުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަޢޫދީ ސަރުކާރުން އެމަނިކުފާނަށާއި އެމަނިކުފާނުގެ އަރިހުގައި ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގެންނެވި ދިވެހި ވަފްދަށް ފޯރުކޮށްދެއްވަމުންގެންދަވާ މެހެމާންދާރީ ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފައެވެ.