ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ފުވައްމުލައް ސިޓީއަށް ކުރެއްވި 2 ދުވަހުގެ ދަތުރުފުޅު ނިންމަވާލެެއްވުމަށްފަހު މިރޭ މާލެ ވަޑައިގަންނަވައިފިއެވެ.

އެމަނިކުފާނުގެ މިދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރާއްޖޭގެ ދެކުނުގެ ދެ ސިޓީއަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފުވައްމުލައް ސިޓީއަަށް ކުރެއްވި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.