އެހެން އަހަރުތަކެކޭވެސް އެއްފަދައިން، މިއަހަރުވެސް ރަމަޟާންމަހު ސަރުކާރުގެ އޮފީސްތަކުގެ ރަސްމީ ގަޑި ހަމަޖެހިފައިވަނީ، ހެނދުނު 9.00 ން މެންދުރުފަހު 1.30 އަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢްލޫމާތު ދެއްވައެވެ.

ސަރުކާރުގެ އޮފީސްތަކުގެ ރަސްމީ ގަޑިއަށް 1 ފެބްރުއަރީ 2009 ގައި ބަދަލުގެންނެވިއިރު، ރަމަޟާން މަހުގެ ރަސްމީ ގަޑިއަށް ބަދަލެއް ގެންނަވާފައެއް ނުވެއެވެ. އެކަން އޭރުވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންވަނީ ސަރުކާރުގެ އޮފީސްތަކަށް އަންގަވައި، އެކަންވަނީ އިޢްލާނު ކުރައްވާފައެވެ.