4 ޤައުމަކަށް ރާއްޖެއިން ކަނޑައަޅުއްވާ ނޮން ރެސިޑެންޓް ސަފީރުންގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބޭފުޅުން ޢައްޔަން ކުރައްވައިފިއެވެ. މިގޮތުން ކަނޑައެޅުއްވި ބޭފުޅުންނަކީ، ނޭޕާލަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ނޮން ރެސިޑެންޓް ސަފީރު ކަމަށް މާފަންނު ދޫނިހުރާ ޢަބްދުލްޢަޒީޒު ޔޫސުފާއި، ތައިލެންޑަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ނޮން ރެސިޑެންޓް ސަފީރު ކަމުގެ މަގާމަށާއި، އިންޑޮނީޝިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ނޮން ރެސިޑެންޓް ސަފީރު ކަމަށް މާފަންނު އަޙްމަދީ އާބާދު މުޙަންމަދު ޒަކީ އާއި، އެމެރިކާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ނޮން ރެސިޑެންޓް ސަފީރު ކަމަށް މައްޗަންގޮޅީ އަތަމާވިލާ ޢަބްދުލްޣަފޫރު މުހަންމަދެވެ.

މިޤައުމުތަކަށް ރާއްޖެއިން ކަނޑައަޅުއްވާ ނޮން ރެސިޑެންޓް ސަފީރުންގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ މިބޭފުޅުން މި ޢައްޔަން ކުރެއްވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތިންނެވެ.