ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މާދަމާ ދެއްވާ ރޭޑިޔޯ ޚިޠާބުގައި، ރާއްޖޭގެ މިނިވަންކަމުގެ ތާރީޚުގެ މައްޗަށް ބައްލަވާލައްވާނެއެވެ.

މާދަމާ ހެނދުނު 7.15ގައި ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ރޭޑިޔޯ ޚިޠާބުގައި، މިއަހަރަކީ، ކަލާފާނު ޝަހީދުކޮށްލިތާ 400 އަހަރުފުރޭ އަހަރުކަމަށްވާތީ، އެ ހާދިސާގެ މައްޗަށްވެސް ވާހަކަފުޅު ދައްކަވާނެއެވެ.