މެކްސިކޯގެ ޑޭކެއަރ ސެންޓަރެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ވަރަށްގިނަ ކުޑަކުދިން މަރުވުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި ރައީސް މުޙަންމަދު ނަޝީދު، މެކްސިކޯގެ ރައީސް ފިލިޕޭ ހިނޮޖޯސާއަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ މެސެޖުގައި، ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސްގެ އަމިއްލަ ނަންފުޅުގައި، މެކްސިކޯގެ ރައީސަށާއި، މެކްސިކޯ ސަރުކާރަށާއި، ވަކިން ޚާއްޞަކޮށް، މިހާދިސާގައި މަރުވި ކުދިންގެ ޢާއިލާތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ. އަދި މި ހާދިސާގައި އަނިޔާވި ކުދިންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައިވެއެވެ.