ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު، އެމެރިކާއަށް ކުރައްވާ ދަތުރުފުޅެއްގައި، ރޭ މެންދަމު ފުރާވަޑައިގެންފިއެވެ. ނައިބު ރައީސްގެ މިދަތުރުފުޅުގައި، އ.ދ.ގެ ޖެނެރަލް އެސެމްބްލީގެ ރިނިއުބަލް އެނަރޖީގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. މީގެއިތުރުން، އެމެރިކާ ސަރުކާރާއި އަދި ތިމާވެށްޓާއި މަސްތުވާތަކެތި ކޮންޓްރޯލް ކުރުމާބެހޭ އަމިއްލަ ޖަމާޢަތްތަކުގެ އެކިއެކި ބޭފުޅުންނާވެސް ނައިބު ރައީސް ބައްދަލުކުރައްވާނެއެވެ.