މާލޭގެ އަވަށު އޮފީސްތަކުގެ އެންމެހާ ކަންތައް ބެލެހެއްޓެވުމަށްޓަކައި މާލޭ މުނިސިޕަލްޓީގެ ރައީސްގެ ނައިބު ކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅުން އިސްކުރައްވައިފިއެވެ.

މިގޮތުން މާލޭ މުނިސިޕަލްޓީގެ ރައީސްގެ ނައިބު ކަމަށް އިސްކުރެއްވި ބޭފުޅުންނާއި، އެބޭފުޅުންނާ ބެލެހެއްޓެވުން ޙަވާލުކުރެއްވި އަވަށު އޮފީސްތައް މިދަންނަވަނީއެވެ.

- އަލްފާޟިލް މުޙަންމަދު އިބްރާހީމް (ކަރޯ ޅަތުއްތު) ހ. އޮއެސިސްވިޔު ހެންވޭރު އަވަށުއޮފީސް
- އަލްފާޟިލް އިސްމާޢީލް ވާފިރު ގ. ރަންގިރީގެ ގަލޮޅު އަވަށުއޮފީސް
- އަލްފާޟިލް މުޙަންމަދު ޔޫސުފް މޫސާ މއ. ސިސިލްފަރު މައްޗަންގޮޅީ އަވަށުއޮފީސް
- އަލްފާޟިލް އަޙްމަދު ޚަލީލު މއ. ހަތާ ވިލިނގިލީ އަވަށުއޮފީސް
މާފަންނު އަވަށުއޮފީހަށް ބޭފުޅަކު އަދި އިސްކުރައްވާފައެއް ނުވެއެވެ.