ޓެލެވިޜަން މޯލްޑިވްސްގެ އަހަރީ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އެތާނގެ މުވައްޒަފުންނަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ޓެލެވިޜަން މޯލްޑިވްސްއަށް 31 އަހަރު ފުރުމާ ގުޅިގެން، އެތާނގެ މުވައްޒަފުން ރޭ ބޭއްވެވި ޙަފްލާއަށް ރައީސް ނަޝީދު ޒިޔާރަތް ކުރައްވައި، މުވައްޒަފުންނާ ބައްދަލުކުރައްވައި، އަހަރީ ދުވަހުގެ ހެޔޮއެދުންތައް ފޮނުއްވިއެވެ. އަދި އެތާނގެ އެކި ސެކްޝަންތަކަށް ވަޑައިގެން، އެ ސެކްޝަންތަކުގެ ކަންތައްތައް ހިނގަމުންދާގޮތް ބައްލަވާލެއްވިއެވެ.