‏ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 86 ވަނަ މާއްދާގެ (ހ)ގެ ދަށުން، ‏‏ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެމްބަރުކަމަށް ހެންވޭރު ވީސަންގޭ އަލްފާޟިލާ ޢާއިޝަތު ފިޟްލީނާއި ‏‏ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ޒެނިތު އަލްއުސްތާޛު ޙުސައިން ފާއިޒް ރަޝާދު ‏ޢައްޔަނު ‏‏ކުރައްވައިފިއެވެ. ‏މެންބަރުކަމަށް ޢައްޔަން ކުރެއްވިކަމުގެ ލިޔުން، ‏އަލްފާޟިލާ ޢާއިޝަތު ‏‏ފިޟްލީނަށާއި ‏އަލްއުސްތާޛު ޙުސައިން ފާއިޒަށް ‏ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ، އެކަމަށްޓަކައި ‏‏މިއަދު ހެނދުނު ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.‏

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ‏ މެންބަރު ކަމަށް މި ދެ ބޭފުޅުން ޢައްޔަން ކުރެއްވުމުގެ ‏‏‏ކުރިން، ސުޕުރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފުގެ ކުރިފުޅުމަތީގައި ‏ވަޒީފާއާބެހޭ ‏‏ޓްރައިބިއުނަލުގެ ‏މެންބަރުކަމުގެ ޤާނޫނީ ހުވާ އެބޭފުޅުން ‏‏ކުރެއްވިއެވެ.‏