ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، އައްޑޫ ސިޓީ ޝަރައްފުއްދީން ސްކޫލްގެ އިނާމު ދިނުމުގެ ޙަފްލާ ޝަރަފްވެރި ކޮށްދެއްވުމަށް އައްޑޫސިޓީއަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހަވީރު ފުރާވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ އިލްހާމް ޙުސައިން، މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.

ޝަރައްފުއްދީން ސްކޫލްގެ އިނާމު ދިނުމުގެ ޙަފްލާ އޮންނާނީ، މިރޭ 8 ޖަހާއިރު އެ ސްކޫލްގައެވެ. މިޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވާގޮތަށް ވަނީ ހަމަޖެހިފައެވެ.

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ފުރާވަޑައިގަތުމުގެ ކުރިން، ރަސްމީ ފާލަމުގައި ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކާ ބައްދަލުކޮށްލެއްވިއެވެ.