ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، "މާލޭ ސިޓީ ނައިޓް މާކެޓް 2013" މިއަދު ހަވީރު ބައްލަވާލައްވައިފިއެވެ.

މި މަހުގެ 7 އިން 19 ގެ ނިޔަލަށް ލޮނުޒިޔާރަތްކޮޅުގައި ކުރިއަށްދާ ނައިޓް މާކެޓަށް ރައީސުލްޖުމްހޫރިއްޔާ މިކުރެއްވި ޒިޔާރަތުގައި، ނައިޓް މާކެޓްގެ ސްޓޯލްތަކުގައި ލިބެންހުރި އެއްޗެހި ބައްލަވާލައްވައި، މަޢުލޫމާތު އޮޅުންފިލުއްވިއެވެ.