މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރގެ ނައިބު ކަމުގެ މަގާމަށާއި، އެޓަރނީޖެނެރަލްގެ ނައިބު ކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅުން އިސްކުރައްވައިފިއެވެ. މިގޮތުން، މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރގެ ނައިބު ކަމުގެ މަގާމަށް އިސްކުރެއްވީ، ގަލޮޅު ނޫރާނީވިލާ އަލްފާޟިލާ މައުމޫނާ ޙަލީމެވެ. އެޓަރނީޖެނެރަލްގެ ނައިބު ކަމުގެ މަގާމަށް އިސްކުރެއްވީ، މާފަންނު މަޚްމާވިލާ އަލްއުސްތާޛާ އާމިނަތު ޝިފާޔާ އިބްރާހީމާއި، މައްޗަންގޮޅީ ޑޯންޝައިން އަލްއުސްތާޛު ޢަބްދުﷲ މުޢިއްޒެވެ.

މީގެއިތުރުން، ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރީހެބިލިޓޭޝަން ސަރވިސަސްގެ ކައުންސިލަރގެ މަގާމަށް ހެންވޭރު ރެދަން އަލްފާޟިލް މުޙަންމަދު ނާޒިމް އަދި ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލަރގެ މަގާމަށް ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ހިޔަލީގޭ އަލްފާޟިލް ހާރޫން ރަޝީދު، ރައީސުލްޖުމްހޫރިއްޔާ އިސްކުރައްވައިފިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސީނިއަރ ޕްރޮޖެކްޓް ޑިރެކްޓަރ ކަމުގެ މަގާމަށް ގަލޮޅު ކަޝްމީރުގޭ އަލްފާޟިލާ އާމިނަތު ޝަރީފް ހަމަޖައްސަވައިފިއެވެ.