އަލްފާޟިލާ ޚަދީޖާ ޙުސައިން
ދުންތަރި/ ގދ.ތިނަދޫ

               ޚަދީޖާ ޙުސައިނަކީ 1977 ގައި ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫގައި، މަކްތަބުލްޣާޒީ މުޙަންމަދު ހުޅުވުނީއްސުރެ އެތާނގެ ދަރިވަރުންނަށް ކިޔަވައިދެއްވަމުން ގެންދަވާ ބޭފުޅެކެވެ. އޭރު އެ މަކްތަބުގައި ކިޔަވައިދެނީ ޕްރީސްކޫލްގެ ދަރިވަރުންނަށާއި، ގްރޭޑްތަކުގެ ދަރިވަަރުންނަށެވެ. ތިނަދޫގައި އަތޮޅު ތަޢުލީމީ މަރުކަޒު ހުޅުވުމުން، މަކްތަބުލްޣާޒީ މުޙަންމަދުގައި ކިޔަވަމުންދިޔަ، އުމުރުން 6 އަހަރު ފުރިފައިވާ ހުރިހާ ކުދިން، އަތޮޅު ތަޢުލީމީ މަރުކަޒަށް ބަދަލުވުމަށްފަހު، އެ މަދަރުސާ ޚާއްޞަ ކުރެވުނީ ޕްރީސްކޫލް ހިންގުމަށެވެ.

               މިދިޔަ އަހަރުގެ ނިޔަލަށް މި މަދަރުސާއިން 531 ކުދިންނަށް ޚަދީޖާ ޙުސައިން ޕްރީސްކޫލްގެ ތަޢުލީމު ދެއްވާފައިވެއެވެ. މި މަދަރުސާއިން މިހާތަނަށް ޕްރީސްކޫލާއި، ޕްރައިމަރީ ސްކޫލް ކުދިންގެ ގޮތުގައި 1864 ކުދިން ތަޢުލީމު ޙާޞިލުކޮށްފައިވެއެވެ.