ރާއްޖޭގެ ރައްޔިތުންނަށް ހެލްތް އިންޝުއަރެންސްގެ ޚިދްމަތް ދެއްވުމަށްޓަކައި އުފައްދަވާ ޖޮއިންޓް ވެންޗަރ ކުންފުނި ކަމަށްވާ، "އާސަންދަ ޕްރައިވެޓް ލިމިޓެޑް"ގައި ސަރުކާރުގެ ފަރާތުން ތިއްބަވާ ބޭފުޅުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފިއެވެ.

އާސަންދަ ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަނަކަށް ހަމަޖައްސަވާފައިވަނީ، ހެންވޭރު އަނދުންގޭ ޢަލީ ޢާރިފެވެ. ބޯޑުގައި ސަރުކާރުގެ ފަރާތުން ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، ދަފްތަރު ނަންބަރު 2534 ނަޞްރުﷲ ޢަބްދުލްވާޙިދާއި، ހެންވޭރު އަތިރިވެލި ޢާއިޝަތު ޝުވައިކާރެވެ.

މިތިން ބޭފުޅުންގެ އިތުރުން، މިބޯޑުގައި ތިއްބަވާނީ، އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މުޙަންމަދު ޝިފާޒާއި، ޢަބްދުލްވާޙިދު ތައުފީޤެވެ. މިކުންފުނީގެ މެނެޖިންގ ޑިރެކްޓަރަކީ މުޙަންމަދު ޝިފާޒެވެ.