ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ތިލަދުންމަތީ އުތުރުބުރީ ފިއްލަދުއަށާއި، މިލަދުންމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއް މިއަދު ހެނދުނު ފަށްޓަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، މިރަށްރަށަށް ވަޑައިގެން، މިރަށްރަށުގެ ރަށު ކައުންސިލްތަކާ ބައްދަލުކުރައްވައި، މި ރަށްރަށުގައި ސަރުކާރުން ހިންގަވަމުން ގެންދަވާ އަދި، ހިންގެވުމަށް ހަމަޖައްސަވާފައިވާ ތަރައްޤީގެ ޕްރޮގްރާމްތަކާ ބެހޭގޮތުން ކައުންސިލްތަކާ ޚިޔާލު ބަދަލުކުރައްވާނެއެވެ.

މީގެއިތުރުން، މި ރަށްރަށުގައި ޤާއިމްކުރެވިފައި ހުރި، ތަޢުލީމީ، ޞިއްޙީ އަދި އިޖްތިމާޢީ ޚިދުމަތް ފޯރުވައިދިނުމުގެ ވަސީލަތްތައް ހުރި ނެތްގޮތްވެސް ބައްލަވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި މިއަދު މެންދުރުވަނީ ހއ. ފިއްލަދުއަށް ވަޑައިގެންފައެވެ.