ސުވާލު:
އަޅުގަނޑުގެ ސުވާލަކީ، އަޅުގަނޑުމެންނަކީ ވެސް އޮޑި ދޯނިފަހަރު ދުއްވައިގެން ކައިބޮއެގެން އުޅޭބައެއް. ދެން މިތާ މި ފައްތިޔާތައް ދުވަސްދުވަސްކޮޅުން އަޅުގަނޑުމެންނަށް އެބަ އަންގާ ނަގަން. ދެން ނަގައިގެން ކޮންތާކަށްތޯއޭ އަޅުގަނޑުމެން ދާނީ. ދާނެތަނެއް އަޅުގަނޑުމެންނަކަށް ނުދައްކާ ހަމަ އެއްވެސް ސަރުކާރަކުން. މީ އަޅުގަނޑުމެންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް. މިކަންތައް މިހެން ހުންނާތީ. ދާނެ ތަނެއް ނުދައްކާ ނަގާށޭ ބުނަނީ. ދެން ކޮންތާކަށްތޯ ނަގައިގެން ދާނީ؟


ޖަވާބު:
އާދެ! އަޙްމަދު އިބްރާހީމްއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މަޑިފުއްޓަކީ އޮޑިދޯނިފަހަރު ދުއްވާ ވަރަށް ގިނަ ފަރާތްތައް ދިރިއުޅުއްވާ ރަށެއް. މާލޭގައި ވެސް އެބޭފުޅުންގެ ވަރަށް ގިނަ ބޭފުޅުން އެ މަސައްކަތް ކުރައްވާ. މާލޭގެ ފަޅުތެރޭގައި މަޑިފުށީގެ ދޯނިތައް ވަރަށް ގިނަ. އަދި ހަމަ އެހެން ދޯނިތައްވެސް އެބަ މަސައްކަތްކުރޭ. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އިރާދަކުރެއްވިއްޔާ ތިޔަވިދާޅުވި މައްސަލަ ޙައްލުކޮށްދޭނަމޭ. ފަޅުތެރެއިން އެހެން ޖާގައެއް އެހެން ދިމާލަކުން ހަމަ ނުޖައްސާ ތިޔަވިދާޅުވިގޮތަށް ދޭތެރެ ދޭތެރެއިން ފަޅުން ނިކުންނަންޖެހި، ދާނެ ތަނެއްނެތި، އެހެން ވާންޖެހޭގޮތް ވިޔަ ނުދޭނަން.
ދެން މާލެ ސިޓީ ކައުންސިލާވެސް އަޅުގަނޑުމެން ވާހަކަދައްކާ އިރާދަކުރެއްވިއްޔާ ތިޔަކަމުގެ ކަންބޮޑުވުން ޙައްލުކޮށްދޭނަން. ފަޅުތެރޭގައި ތިބެގެން ތިޔަބޭފުޅުންނަށް މަސައްކަތް ކުރެވޭނެ ގޮތަކަށް އިރާދަކުރެއްވިއްޔާ ކުރިއަށްދެވޭނެ. ދެން އެހެންތަނަކަށް ބަދަލުވަންޏާ އަދި އެއީ ތިޔަބޭފުޅުންނަށްވެސް އެނގިގެން ހިނގާނެކަމެއް، މަޝްވަރާކުރެވިގެން. ހަމަ ކުއްލިއަކަށް ތިޔަވިދާޅުވި ކަހަލަ ކަންބޮޑުވުން ކުރިމަތިވާ ގޮތަކަށް އެކަމެއްނުވާނެ.