މިނިވަން 50އާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހުރިހާ މުވައްޒަފުންނަށް ދެއްވުމަށް ހަމަޖެހިފައިވާ "މިނިވަން 50 މެޑަލް"، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޙްމަދު އަދީބު ޢަބްދުލްޣަފޫރަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ހަދިޔާކުރައްވައިފިއެވެ. މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބަށް މިމެޑަލް އެރުވީ ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދެވެ.