ސިފައިންގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ނ) އަށް ހުށަހަޅުއްވާފައިވާ އިޞްލާޙާއި، އެޤާނޫނުގެ 31 ވަނަ މާއްދާއަށް އިތުރުކުރެއްވުމަށް ހުށަހެޅުއްވި މާއްދާއިން ސިފައިންނަށް ސިޔާސީ ނުފޫޒު ފޯރާނެ ކަމަށް ސިފައިންގެ ލަފާދޭ މަޖިލީހަށް ފެނިވަޑައިގަންނަވާތީ، ސިފައިންގެ އެންމެމަތީ ވެރިޔާއަށް ލަފައާއި މަޝްވަރާ ދެއްވުމަށްޓަކައި އުފައްދަވާފައިވާ ޤައުމީ ސަލާމަތާބެހޭ މަޖިލީހުގައި މިކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފި. ދެކުނު އޭޝިޔާގެ ފުރަތަމަ ބީޗް އަދި ވޯޓަރ ސްޕޯޓްސް މުބާރާތް، 2010 ވަނަ އަހަރު ދިވެހިރާއްޖޭގައި ބޭއްވެވުމަށް ނިންމަވައިފި
9 ޖޫން 2009