بســم اللّـه الرّحمـن الرّحيــم

Minister of Health Dr. Aminath Jameel, Minister of Home Affairs Hassan Afeef, the UN Resident Coordinator, the W.H.O Resident Representative, and of course Dr. Sattar who is the W.H.O expert with us here today.

I think it is important that I speak in Dhivehi as well but I also feel that it is very important that our friends from the region, from W.H.O understand what we are attempting at and what we are trying to do.
Both Sattar and Dr. Aminath Jameel have given us a glimpse of the narrative of public health in the Maldives. And yet this story is so in twined with these two people it is difficult for us to actually comprehend public health without these two faces.

Since we were born and as long as we remember, we remember Dr. Sattar and we remember Dr. Aminath Jameel and we remember Dr. Samad. We remember three public health giants or health people that have been striving and working very hard for a very, very long time and have been through their hard work, have been catalysts in transforming their country, the health situation or the public health and well being of the people of this country.

Now again what surprises me in this or what doesn’t surprise me, is these three people are children of other three people who did similar things and therefore they have only continued in the footsteps of their forefathers or their parents.

Faamdheyrikilegefaanu in the 40’s was the first Public Health Prime Minister. Kilegefaanu started public health work through W.H.O’s initial engagement in the Maldives in the 40’s. Kilegefaanu had three lieutenants, Yoosuf Kilegefaanu, Abdul Katheeb, Saeed Katheed and Mohamed Jameel. These three people were parents to the three people that I’m now talking about, and with that kind of foundation and with that kind of knowledge handed over through generations it became very simple and easy for the people of this country to actually believe what they were talking about and therefore it is through belief that we have been able to transform our public health beliefs and our public health standards.

In my mind the whole essence of the transformation was vested upon their beliefs and their readiness to believe in what we three people were saying.

We’ve all heard about the parents of these three people and therefore there was no reason not to believe these three people. Three wise men we may say, or as one of them is a woman, we cannot refer to them as three wise men.

Decentralization of public health and other government work and activities and development issues has been the cornerstone or rather one of the main features of the transformation we are going through now. The new Constitution has a whole section on how the country should be decentralized, how the administration should be decentralized, how revenue generation and cost structures and everything to do with the government and how we should be doing it in the future.

Decentralization of course involves giving up power from the center. In my mind, the bulk of the difficulty arises from our reluctance to relinquish power. Male’ has accumulated these powers over a period of a good thousand years and to relinquish that has always been very, very difficult. It is always for one reason or the other for us to not do it, in might be any old reason, it might be that the Councilors don’t have capacity. It might be that we don’t have people. It might be that we don’t have the time. It might be that this is not the time. It might be that we are moving g too fast. It might be still raining; it might be anything and everything. The whole essence is not to relinquish power.

I again beg our people to relinquish power. To give up whatever you have and let’s see how it may work out when someone else is doing it. If we are so clever and if we are so wise and if we are the only people who are so clever and wise, let’s try to see someone who is as clever as us and someone who is as wise as us.

I don’t see the difficulty and the constraints of public health decentralization in health. I see it as a political issue and a social and economic issue. Please believe me, we will decentralize. No one is going to stand and stop us. As long as this government survives and as long as we live, we will push for decentralization, we will do this. We should be learning from other countries and other countries should be learning from us as well. We have been able to galvanize the public to political activism, we have been able to from political parties, we have been able to have free and fair elections, we have been able to transfer powers very, very smoothly and we are now decentralizing and consolidating power. If another country has these records and these narratives we will always of course listen to it and look at it. We will always want to know and find information and other experiences and we will always have to understand that it’s this country we are trying to run and it’s our people that we are trying to help.

Our solutions have to come from us and of course we will take these solutions from experiences gained from other places.

 

ވަޑައިގެން ތިއްބެވި އެންމެ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ.

އަޅުގަނޑުމެން މިއަދު މި ކުރިމަތިލަނީ، އަޅުގަނޑުމެންގެ ޙަޔާތުގައި ދިމާވާނެ، އަޅުގަނޑަށް ފެންނަ ފެނުމުގައި އެންމެ މުހިންމު މަސައްކަތް، ކުރިއަށްވުރެ އަދި ބާރަށް ކުރިއަށް ގެންދިޔުމަށްޓަކައި.

ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ ރަށްތައް ހިންގުމާއި، ރަށްވެރިކަން ކުރިއަށް ގެންދިޔުމުގެ ވިސްނުމަކީ، ފިކުރަކީ، މި ރާއްޖޭގެ ރައްޔިތުން އަބަދުވެސް އެދިއެދި ތިބި ފިކުރެއް. އަބަދުވެސް ބޭނުންވެފައި ތިބި ގޮތެއް. ރާއްޖޭގެ ޢާންމު ޞިއްޙަތުގެ ކަންކަން ރަނގަޅުވުމަކީ، ދިވެހިން ނުހަނު ބޭނުންވާ ކަމެއް. އަބަދުވެސް ރާއްޖޭގެ ރަށްފުށުގައި، ރަށްރަށުގައި، މާލޭގައިވެސް އެންމެ މުހިންމު ކަމެއް ދެވި އަދި އެންމެ ދަންނަ، އެންމެބޮޑު، އެންމެ ބޭނުންތެރި މީހެއްގެ ގޮތުގައި، އަޅުގަނޑުމެން ދެކޭނީ، ބޭސްކުރާ މީހަކު. އަދި އަޅުގަނޑުމެންގެ ބައްޔަކުން، އަޅުގަނޑުމެންނަށް ދިމާވެފައިވާ ކަމަކުން އަޅުގަނޑުމެން ސަލާމަތްކޮށްދޭނެ މީހަކު. އެމީހާއަކީ އަބަދުވެސް ޙަކީމެއް. އެމީހާއަކީ އަބަދުވެސް ފަންޑިތަވެރިއެއް. ތަންދޮރު އެނގޭ މީހެއް. އަޅުގަނޑުމެންގެ ދުއްތުރާތަކުން އަޅުގަނޑުމެން ސަލާމަތްކޮށްދެވޭފަދަ މީހެއް. އަޅުގަނޑުމެން މިއަދު މިކުރާ މަސައްކަތަކީ، އެމީހާ އެއީ ސައްތާރު ވިދާޅުވިފަދައިން، ނިޒާމަކަށް ބަދަލުކޮށްލަނީ. ޕަބްލިކް ހެލްތް ސިސްޓަމަކަށް. މީހާގެ ބަދަލުގައި، އެމީހާ އެ ހިންގާ ހުރިހާ ކަމަކީ، ވަކި ނިޒާމެއްގެ ތެރެއިން ހިނގާ ކަމަކަށް ބަދަލުކުރުން.

ޤައުމެއްގެ ތަރައްޤީއަށް އެންމެ ބޭނުން އެއް މަސައްކަތަކީ، ޕަބްލިކް ހެލްތްގެ މަސައްކަތްކަން އެއީ، އިންސާނީ ތަޖްރިބާ އަޅުގަނޑުމެންނަށް ދައްކާފައި އޮތް ވަރަށް ރަނގަޅު ޙަޤީޤަތެއް. އަޅުގަނޑުމެން ސުވާލުކޮށްފިއްޔާ، ވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި، މި ރާއްޖެއަށް ލިބުނު ތަރައްޤީގެ އެންމެބޮޑު ވަސީލަތަކީ ކޮބައިތޯ ނުވަތަ އެންމެބޮޑު ކާމިޔާބަކީ ކޮބައިތޯ އަޅުގަނޑުމެން އަހައިފިނަމަ، އެ ކާމިޔާބު އެއީ، އަޅުގަނޑުމެން ކޮންކްރީޓުން މިނާ އެއްޗަކަށްވަންޏާ، އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންނަށް ހަމަ އެއްގޮތަކަށްވެސް ތަނެއްދޮރެއް ނޭނގުނީއޭ. ޙަޤީޤީ ކާމިޔާބަކީ، ޑޮކްޓަރ ސައްތާރު އެވިދާޅުވީ، ޑޮކްޓަރ އާމިނަތު ޖަމީލް އެ ފާހަގަކުރެއްވީ، ޅަފަތުގައި ކުދިން މަރުވާ ޢަދަދު މަދުވެގެންދިޔަކަން. ދުނިޔޭގައި އަޅުގަނޑުމެންނަށް ތިބެވޭނެ މުއްދަތު އިތުރުވެގެންދިޔަކަން. ޢާންމު ބަލިތައް، މެލޭރިޔާފަދަ ބަލިތައް އެއީ، މާޒީގެ އެއްޗަކަށްވެ، ފައިފަލަ ބައްޔާއި، ބަރޮސް ބައްޔާއި، ޖުޒާމް ބަލި، މިފަދަ އެތައް ބައްޔެއް ދިވެހިން ޝިކާރައަކަށް ހަދައި، މުޅި ދިވެހި އުންމަތް، މުޅި އަޅުގަނޑުމެން އެންމެން އޭގެ ދަށުވެ ގެއްލެމުންދިޔަ އެތައްއެތައް ރޯގާއެއް، ބައްޔެއް، ޖަރާސީމެއް އަޅުގަނޑުމެންނަށް، އެ ޖަރާސީމު އެއީ، މާޒީގެ އެއްޗަކަށް ހެދުނުކަން އެއީ، އަޅުގަނޑުމެންނަށް ލިބުނު އެންމެބޮޑު ތަރައްޤީގެ ކުރިއެރުމަކީ.

އަޅުގަނޑުމެންނަށް ތަރައްޤީއަށްޓަކައި ދެން ކުރާންހުރި މަސައްކަތަކީވެސް ޙަޤީޤަތުގައި އެއީ. ކައުންސިލަރުން ގާތު އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ، މިއަދު އަޅުގަނޑަށް، ކައުންސިލް އިންތިޚާބް ކުރިފަހުން 64 ވަނަ ކައުންސިލަކަށް އިރާދަކުރެއްވިއްޔާ، ދ. މީދޫ ކައުންސިލާ ބައްދަލުވާނެ. ކޮންމެ ކައުންސިލެއްގައިވެސް އަޅުގަނޑު އެބަ ފާހަގަކުރަން. އަދި މިއަދުވެސް އަޅުގަނޑު ފާހަގަކުރަން ބޭނުމީ، ތިޔަބޭފުޅުންގެ ތިން އަހަރުގެ ތެރޭގައި، ތިޔަބޭފުޅުންގެ ރަށުގެ ތަރައްޤީއަށް، ތިޔަބޭފުޅުންނަށް އެންމެ ރަނގަޅަށް ކޮށްދެވޭނެ ކަމަކީ، އެ ތިން އަހަރުގެ ތެރޭގައި ވިހާނެ ސާޅީހަކަށް ކުދިން. އެ ސާޅީސް ކުދިންގެ ފުރަތަމަ އެއްހާސް ދުވަސް އެއީ، ކާމިޔާބު އެއްހާސް ދުވަހަކަށް ހަދައިދެވިއްޖިއްޔާ، އެއަށްވުރެ ބޮޑު ތަރައްޤީގެ ވަސީލަތެއް، ތިޔަބޭފުޅުންނަށް، ތިޔަބޭފުޅުންގެ ރަށުގައެއް ޤާއިމެއް ނުކޮށްދެވޭނެ. ނެރުގެ ފައިކަށްޓެއް ނޫން، އެއްގަމު ތޮށްޓެއް ނޫން، ސަހަރާ ވަށާ ފާރެއްވެސް ނޫން، ބޮޑުހިލަ ބަނދަރެއްވެސް ނޫން. މިދެންނެވީ މިއަދު ބަލިވެތިބި އަންހެނުން، ބަލިވެ ތިބި އަންހެން ކުދިންތައް ރަށުގައި، ތިއިން ކޮންމެ ރަށެއްގައިވެސް އަޅުގަނޑަށް ޔަޤީން، ސޯޅަވަރަކަށް ކުދިން، ހާހެއްހާ މީހުންގެ ރަށެއްގައި ބަލިވެ ތިބޭނެ މިއަދުވެސް. ދެހާސްވީމާ، ތިރީހަށްދާނެ. ގިނަވެގެން އުޅޭނީ ސާޅީސް، ފަސްދޮޅަސް އަންހެނުން ބަލިވެ އާދައިގެ ރަށެއްގައި.

ކައުންސިލަރުންނަށް، އެ އަންހެނުންނަށް ފުރަތަމަ ޢާއިލާ ރޭވުމުގެ ޕްރޮގްރާމްގައި ބައިވެރިކޮށްދީ. އެ ޕްރޮގްރާމްގެ ދަށުން އައިސް، ބަލިވެ އިންނާނެ ދުވަސް އެއީ ހެލްތް ވާރކަރާ އެކުގައި ނިންމޭ ދުވަހަކަށް ހެދިއްޖެނަމަ، އަޅުގަނޑު ދަންނަވާނީ، މިދެންނެވި އެއްހާސް ދުވަސް އެއީ، ސަލާމަތްކަންމަތީގައި ލިބޭ ދަރިފުޅު ބޮޑުކުރެވޭނެ އެއްހާސް ދުވަހަށްވުމަށް ފަށައިގަނެވުނީއޭ. މީގެކުރީގައި އަޅުގަނޑަށް ފެނުނީ، އަޅުގަނޑަށް ފެނިފައި ހުރި ތަނުގައި، ފޫޅުމައިންނާއި މައިންނާ ދެމެދުގައި އޮންނަނީ ވަރަށް ގާތް ގުޅުމެއް. އެއީ، ވިއްސަނީ ފޫޅުމައިކަމުން. އެހެންވީމާ، ތިމަންނާ ވިއްސިމީހާއަށް ދެން ތިމަންނާ ބަލިވެ އިންނާނެ ދުވަސް ނުވަތަ އިންނާނެ ވަގުތެއް، ދުވަސްވަރަކާ ގުޅޭގޮތުން މަޝްވަރާ ކުރާކަށް ޖެހިލުމެއްނުވޭ. އެހެން ނަމަވެސް، މިހާރު ވިއްސަނީ މާލޭގައި. އެހެންވީމާ، ފޫޅުމަޔަކާ އެ ގުޅުމެއް ނެތް. 18 އަހަރު ފުރުނީމާ، އަލަތު ކައިވެންޏަކާ އެކީގައި ނުކުމެ، ޢާއިލާއެއް ރާވާއިރުގައި، އެ ރޭވުމުގައި ބައިވެރިކުރާން ހުރީ އެންމެ މީހެއް. އޭނާ ހުރީ ރިޒޯޓެއްގައި، ފިރިމީހާ. އަޅުގަނޑުމެންނަށް އެކައުންސިލަރަށް އެ އަންހެން މީހާއާ، ރަށުގެ އަންހެން މީހާއާ އަޅާނުލެވޭނަމަ، އެ ކައުންސިލަރަކަށް ތަރައްޤީގެ މަސައްކަތެއް ރަށަކު ނުކުރެވޭނެ.

މިދެންނެވި 18 އަހަރުވީ އަންހެން ކުއްޖާ މަދަރުސާ ނިމިގެން އައިސް މީހަކާ އިނދެ، އޭނާ ބަލިވެ އިނުމުގައި ޙަޤީޤަތުގައި ދިމާވާ ހުރިހާ މައްސަލައެއްގެ ބޮޑު ޒިންމާ އުފުލަން ޖެހެނީ ކައުންސިލަރު. މި އަންނަ ފަހަރު ވޯޓް ލިބޭނީ ރީތިކޮށް ބަލިވެ އިނދެވެންޏާ. އޭނާ ބަލަހައްޓަންޖެހޭ ކަމެއް އެއީ. އަޅުގަނޑުމެންނަށް ވޯޓެއް ދެވޭކަށެއް ނޯންނާނެ، އަޅުގަނޑުމެން ކުރާންހުރި ކަންކަން ރަނގަޅަށް ފުރިހަމަކޮށް ބަލަހައްޓައިނުދެވެންޏަކާ. ރަށު ރައްޔިތުން 18 އަހަރު ފުރިފައި ތިބި މީހުން ބައިވެރިވާނީ އޭރުން ދަރިމައިވުމުގެ ޕްރޮގްރާމްގައި. ދަރިމައިވުމުގެ ޕްރޮގްރާމް، ޢާއިލާ ރޭވުމުގެ ޕްރޮގްރާމުން ދަރިމައިވުމުގެ ޕްރޮގްރާމަށް، ދަރިމައިވުމުގެ ޕްރޮގްރާމުން އަޅުގަނޑުމެން ނިއުޓްރިޝަން ޕްރޮގްރާމަށްދާނީ. ވިއްސައިދޭން ޖެހޭނީ ރަނގަޅަށް. އަޅުގަނޑު ކައިރީގައި މީހުން އައިސް ބުނޭ، ރައީސޭ، އަޅުގަނޑު އަންހެނުން ވިހެއީ ގައްލަންދޫ ކަނޑަށޭ. އަޅުގަނޑު އަހަން، އެއީ 9 މަހާއި 9 ދުވަހުންވާ ކަމެއް ނޫންތޯއޭ، ކީއްކުރަންތޯއޭ، އަނގަމަތީ މަސްދޯންޏަކަށް އަރުވައި ގައްލަންދޫ ކަނޑަށް ގެންގޮސް ތި ވިއްސީ. ކައުންސިލަރު ބައްލަވަންޖެހޭނެ. ބަލިވެ އިނީއްސުރެ ފަށައިގެން، ހެލްތް ވަރކަރާއި، ކޮމިއުނިޓީ ހެލްތް ވަރކަރާއި، ފެމިލީ ހެލްތް ވަރކަރާ، އެއީ ކައުންސިލަރުގެ ބެލުމުގެ ދަށުގައި ތިއްބަވާ ބޭފުޅުން. އެބޭފުޅުން ކުރައްވާ މަސައްކަތްތައް ކައުންސިލަރުންނަށް ސާފުވާންޖެހޭނެ. އެކަންކަން ފުރިހަމައަށް ބެލިފައި އޮންނަން ޖެހޭނެ.

ގާތުން ކިރުދިނުން، އަޅުގަނޑަށް ވަރަށް ގިނައިން އެބަ އަޑުއިވޭ، މިހާރު ކޯސްޓް ކިރު ދަޅެއް ހުރީ ތިންސަތޭކަ ވިހި ރުފިޔާއަށޭ. ދުއިސައްތަ ހަތްދިހަ ރުފިޔާއަށޭ. ވަރަށްގިނަ ރަށްރަށުން އަޅުގަނޑު އެބަ ދެކެން، ނިއުޓްރިޝަން ޕްރޮގްރާމްގެ ދަށުން ހަދާފައި ހުންނަ ބަދިގެއެއް. އެތަނެއް މިހާރު މަސައްކަތެއް ނުކުރޭ. އެތަނުގައި މައިންބަފައިންނަކަށް ކާންދޭކަށް، ކައްކާކަށް ކިޔައެއްނުދޭ. އަޅުގަނޑުމެން ބޭނުން މިވަނީ ރަނގަޅު ކާނާ. ބަލިވެ އިނީއްސުރެ ފަށައިގެން، ކައުންސިލަރުގެ ބެލުމުގެ ދަށުގައި ހުރި ބަދިގެއިން ކައްކައިދީގެން، އެ އަންހެނުންނަށް ކާންދީގެން ރަނގަޅު ދަރިއެއް ވިއްސަން. އެއީ، ތަރައްޤީގެ ވަސީލަތަކީ. ތަރައްޤީގެ ވަސީލަތަކީ ބޮޑުހިލަ ބަނދަރެއް ނޫން. ރަނގަޅު ދަރިއެއް ރަށަށް ވިއްސުން. ކޮންމެހެނެއް ލެކްޓޯޖަން ގަންނާކަށް ދުއިސައްތަ ހަތްދިހަ ރުފިޔާ، ލެކްޓޯޖަން އަގުހެޔޮ ކަމަށްވަނީ. ގަންނާކަށް، ޚަރަދުކުރާކަށް އަޅުގަނޑުމެންނަކަށް ޖެހިގެނެއް ނުވާނެ. އެބައޮތް އެހެން ގޮތެއް. އެބައޮތް އެހެން އުޞޫލެއް. އެބައޮތް އެހެން އުންމީދެއް. ކައުންސިލަރަށް ޙަޤީޤަތުގައި ރަށުގެ ރައްޔިތުންނަށް، އެ އުންމީދު ޙަޤީޤަތަކަށް ހަދައިދެވޭނެ.

ލާމަރްކަޒީ އުޞޫލަށް އަޅުގަނޑުމެން ބަދަލުކުރީ، ރައްޔިތުންނަށް އަޅާލާނެ ބަޔަކު ހޯދަންވެގެން. މުސާރަ ދީފައި މިތިބެނީ އިނގޭތޯ. އަޅުގަނޑުމެން އެންމެންގެ ލާރިން. ކޮންމެ ރަށެއްގައި އެތައްއެތައް ހާސް މުސާރައެއްދީފައި، ކިތަންމެ ކައުންސިލަރުންނެއް އަޅުގަނޑުމެން ބައިތިއްބާފައި ތިބޭއިރުގައި، އެމީހުން އަޅާލަންޖެހޭނެ އަޅުގަނޑުމެންނާ. ގާތުން ކިރު ދިނުމުގެ ޕްރޮގްރާމް ނުއެއް ހުއްޓޭނެ ނިއުޓްރިޝަން ޕްރޮގްރާމަކާއެއް. މިނަންޖެހޭ، ކިރަންޖެހޭ، ކޮންމެ ކުއްޖެއް ބަލަންޖެހޭ. ކޮންމެ ރަށެއްގައި މިއަދު ތިޔަބޭފުޅުން ބެއްލެވިޔަސްވެސް، މިހާރު އެރަށުގައި ދިރިއުޅޭ ކުދިންގެ ތެރެއިން ކިރަން ގެނެސްފައި ތިބޭނީ ހަތްދިހަ ޕަސެންޓް ކުދިން. ތެދުފުޅެއް، އޭރުން ގެއްލިދަނީ ގާތްގަނޑަކަށް ހައެއްކަ ކުދިން. މިއަދު ތިޔަބޭފުޅުން، ރާއްޖޭ ޖަލުގައި ތިބި 23 އަހަރުގެ، 26 އަހަރުގެ ކޮންމެ ކުއްޖެއް ބެއްލެވިނަމަވެސް، އޭގެ 80 ޕަސެންޓް ކުދިން އަތުގައި ހެލްތް ކާޑު ނޯންނާނެ. އެމީހުން ހެލްތް ސެންޓަރަކަށް ނުގެންދޭ. އެމީހުންނެއް ނުކިރާ. އެމީހުންނެއް ނުމިނާ. އެހެންވީމާ، އެމީހުން ސްކޫލަށް ދިޔައިމާ އަނބުރައިގަނޭ. ދެން އެމީހުން ފާހެއްނުވި. ދެން އޭގެ ހަތަރު ކުދިން، ރަށަކުން ކަޓަރު ހިފައިގެން ނުކުތީމާ، ރާއްޖެ ހުއްޓޭނެ. ތަރައްޤީއަށްޓަކައި އަޅުގަނޑުމެން އެބަޖެހޭ ކިރަން. ތަރައްޤީއަށްޓަކައި އަޅުގަނޑުމެން އެބަޖެހޭ މިނަން.

ކައުންސިލަރުގެ ޒިންމާއެއް އެއީ، ރަށުގެ ހުރިހާ ކުޑަކުދިން ހެލްތް ސެންޓަރަށް ގެނެސް، ކިރުމަކީ، މިނުމަކީ. އޭނާއަކީ އަޅުގަނޑުމެންގެ ޖީބުން، އަޅުގަނޑުމެން ރައްޔިތުންގެ ޖީބުން މުސާރަ ދީފައި، އެކަމަށް ބަހައްޓާފައި ހުންނަ މީހާ. އޭނާ މަޖުބޫރު އެކަން ކުރަން. އަޅުގަނޑުމެންނަކަށް އޭނާއަކަށް ދެނެއް ވޯޓެއް ނުދެވޭނެ، އޭނާ މިކަން ނުކުރަންޏަކާ. އަޅުގަނޑުގެ ދަރި މަދްރަސާގައި އިނދެ އަނބުރައިގަންނަނީ ކައުންސިލަރާހުރެއޭ. އެއީ، އަޅުގަނޑުމެންނަށް ރަނގަޅު ޞިއްޙަތެއް، ޅައިރުގައި ހޯދައިނުދެވުނީމާ. މަދަރުސާގައި އިނދެ އަނބުރައިގަތީމާ، ދެން އެނގިލައްވާނެ، އެދިޔައީ އެހިސާބުން ފެށިގެން ތަޢްލީމީ ޙަޔާތް. ނިއުޓްރިޝަން ޕްރޮގްރާމް ގޮސް ނިމެން ޖެހޭނީ ޢާއިލާއެއް ރޭވުމުގެ ޕްރޮގްރާމާ.

އަޅުގަނޑު ޕަބްލިކް ހެލްތްގެ މުވައްޒަފުންނަށާއި އަދި މިމަސައްކަތުގައި ރާއްޖޭގައި މިއުޅުއްވާ ވަރަށްގިނަ ބޭފުޅުން، ޑޮކްޓަރ ސައްތާރާއި، ޑޮކްޓަރ އާމިނަތު ޖަމީލާ، އެބޭފުޅުންސުރެ ފެށިގެން އަދި އެނގިވަޑައިގަންނަވާނެ، ހެލްތް ވަރކަރުންގެ ގޮތުގައި ރާއްޖޭގެ އެކިއެކި ތަންތަނުގައި ޒަމާނުއްސުރެ ފަށައިގެން ނުހަނު ގިނަ މަސައްކަތް ކުރައްވަމުން ގެންދެވި ވަރަށްގިނަ ބޭފުޅުން އެބަތިއްބެވި. މިއަދު އަޅުގަނޑުމެންނަށް އަލުން އަނބުރާ އެކުލަވައިލެވި، މި ނެރެވެނީ، މިހުރިހާ ބޭފުޅުން މިދިޔަ 30 އަހަރު އެއްކޮށްފައިވާ މަޢްލޫމާތާއި، ލިބިފައިވާ ތަޖްރިބާގެ ޚަޖާނާގެ މައްޗަށް ބިނާކޮށް އެކުލަވައިލެވޭ 17 ޕްރޮގްރާމް. އެއީ، ކައުންސިލަރުންގެ މަސައްކަތަކީ. މިފޮތުގައި އޮންނާނެ، ކުރަންވީ ހުރިހާ ކަމެއް، ވަރަށް ތަފްޞީލުކޮށް ލިޔެފައި. ހަތްގަޑިބައިވީމާ އޮފީހަށް ވަންނާށޭ. ގޮނޑީގައި އިށީންނާށޭ. ގަލަން ނަގާށޭ. ކޮންމެ ކަމެއް، އަލިފުން ޔާއަށް ލިޔެދެވިފައި، ބަޔާންކޮށްދެވިފައި، ކަނޑައެޅިފައި މިއޮތީ. ކައުންސިލަރުން އެކަންކަން ކުރައްވާންޖެހޭނެ. ކައުންސިލަރުން މިކަންކަން ބައްލަވާންޖެހޭ. ސިޔާސީ، އަޅުގަނޑުމެން ސިޔާސީ މީހުންނަކީ، އަޅުގަނޑުމެންނަކަށް މީހުން މަޢާފެއް ނުކުރާނެ. ނުކުރާނެ. އަޅުގަނޑުމެން ދެކޭނެވެސް ކަމެއް ނެތް. އަޅުގަނޑުމެންނަށް ގޯސް ހެދުނީމާ އެއީ މިއަދު ހެދުނު ގޯހެކޭ ބުނެ، ރައްޔިތުން އަޅުގަނޑުމެންނަކަށް މަޢާފެއް ނުކުރާނެ. އަޅުގަނޑުމެން ޖެހޭނީ ހަމަ ދާން. އަޅުގަނޑުމެން ޖެހޭނީ ހަމަ ދޫކޮށްލަން. އެންމެ ކަމެއްވެސް ފުރިހަމައަށް ކައުންސިލަރަކަށް، ސިޔާސީ ބޭފުޅަކަށް ނުކުރެއްވުނީމާ، ދެވަނަ ފުރްޞަތެއް ނޯންނާނެ. މިއީ އަނިޔާވެރި ވަޒީފާއެއް. ކައުންސިލަރެއްގެ ވަޒީފާއަކީ ރަޙްމެއް ނެތް ވަޒީފާއެއް. ރައްޔިތުންގެ ރަޙުމެއް ކައުންސިލަރުންނަކަށް ދެވޭކަށެއް ނެތް. ދެވެން ނެތީ މިދެންނެވި މަސައްކަތް ގުޅިފައި އޮތީ، ސީދާ އެ ރައްޔިތުންގެ އަނބިދަރިންނާކަމުން. އެ ރައްޔިތުންނާ ކަމުން، އެމީހުންގެ ޢާންމު ޙާލަތާކަމުން، އެމީހުންގެ ތަރައްޤީއާ ކަމުން.

އަޅުގަނޑު ދެކޭ ދެކުން، އަޅުގަނޑަށް ފެންނަ ފެނުމުގައި، ޙަޤީޤަތުގައި މިއަދު މި ރާއްޖޭގެ ރަށްތަކަށް ލިބިފައިވާފަދަ ވަސީލަތްތަކެއް، އަޅުގަނޑު ނުދަންނަވާނަން، މެދު އާމްދަނީއެއްގެ ދުނިޔޭގެ އެއްވެސް ޤައުމަކަށް ލިބިފައިވާނެއެކޭ. ޕަބްލިކް ހެލްތްގެ މަސައްކަތް ހިންގުމަށްޓަކައި ތައްޔާރު ކުރެވިފައި ތިބި ފެމިލީ ހެލްތް ވަރކަރުންނާއި، ކޮމިއުނިޓީ ހެލްތް ވަރކަރުން އެބަތިބި. އަދި ހަމައެހެންމެ، އަލަށް އިންތިޚާބު ކުރެވިފައިވާ 5 ކައުންސިލަރުން އެބަތިބި. އަދި އެކައުންސިލްގެ ދަށުގައި ކުރީގައި ހުރި މިސްކިތާއި، މިސްކިތުގެ މުވައްޒަފުން އެބަތިބި. އަދި ކުރީގެ ރަށު އޮފީހުގައި ތިބި 16 މީހުން ނުވަތަ 18 މީހުންވެސް ހަމަ އެބަތިބި. މިހާރު ރާއްޖޭގެ އާބާދީ ރަށެއްގައި، ޕަބްލިކް ހެލްތްގެ މަސައްކަތް ހިންގަން ވިއްސަކަށް މީހުން ނެތް އެންމެ ރަށެއްވެސް ނެތް. ހަމަ އަޅުގަނޑުމެންގެ ޖީބުން މުސާރަ ދީގެން.

އެބޭބޭފުޅުންގެ މަސައްކަތްތައް ބަހާލެވެންވީގޮތް، މި ފޮތްތަކުގައި މިހާރު ފެންނާނެ. މި ވަރކްޝޮޕުން ކަނޑައެޅިގެންދާނެ. އެ މަސައްކަތްތައް ތަރުތީބުން ކުރަންވީ ގޮތާއި، އުޞޫލުތައް އަޅުގަނޑުމެންނަށް ފާހަގަކުރެވޭނެ. އަޅުގަނޑުމެންނަށް ނިންމޭނެ. އަޅުގަނޑު ދެކެނީ، އަޅުގަނޑު ޔަޤީން ކުރަނީ، އަޅުގަނޑުމެންނަށް މިމަސައްކަތް ކުރިއަށްވުރެ އަދި މާ ކާމިޔާބު ގޮތެއްގައި ކުރިއަށް ގެންދެވޭނެ ކަމަށް. އެ ކުރިއަށް ގެންދިޔުމުގައި، އަޅުގަނޑުމެންނަށް އެހީތެރިވެދިނުމަށް މިދަންނަވާހެން، ޤައުމީ އިދާރާތަކުގެ ބޭނުން ވަރަށްބޮޑު. ކައުންސިލްތަކުގެ މަސައްކަތް ސީދާ ހިންގުމަށް ޤައުމީ އިދާރާތައް ބައްލަވަންޖެހޭނެ. އެބޭފުޅުން ރަށްރަށަށް ދަތުރު ކުރައްވަންޖެހޭނެ. އެބޭފުޅުން ކައުންސިލްތަކާ ވާހަކަ ދައްކަވަންޖެހޭނެ. އިއްޔެވީގޮތް ފޯނުން ގުޅައިގެން އޮޅުންފިލުވާންޖެހޭނެ. މިއަދު ކުރާން ތިއުޅޭ ކޮންކަމެއްތޯ ބައްލަވާންޖެހޭނެ. އަބަދުވެސް ވާނުވާ ތަފްޞީލުކޮށް އެނގޭނޭ އިންތިޒާމްތައް، ނިޒާމްތައް ހަމަޖެހިފައި ހުންނަންޖެހޭނެ. އަޅުގަނޑުމެންނަކީ މިހާރު ތަންދޮރު ނޭނގޭ ބައެއް ނޫން. އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުންނަކީވެސް ބޯދާ ބައެއްވެސް ނޫން. އެންމެ ރަށެއްވެސް، ރާއްޖޭގައި ނެތް، ކޮމްޕިއުޓަރުން ފުރިހަމައަށް މުޢާމަލާތް ނުކުރެވޭނެ، މަސައްކަތް ނުކުރެވޭނެ ކައުންސިލެއް ހުރި އެންމެ ރަށެއްވެސް ނެތް. އަޅުގަނޑުމެން ބޭނުން މަޢްލޫމާތެއް، ބޭނުން ގޮތަކަށް، ބޭނުން ތަނަކަށް ހިމަނައިގެން، އަޅުގަނޑުމެންނަށް ލިބޭނެ ފެންވަރު އަޅުގަނޑުމެންގެ ކިބައިގައި މިއަދު އެބަހުރި. އަޅުގަނޑެއް އެއްގޮތަކަށްވެސް ގަބޫލެއް ނުކުރާނަން، އަޅުގަނޑުމެންގެ ކެޕޭސިޓީ ނެތް ކަމަކަށް. ނުވަތަ ފެންވަރު ނެތް ކަމަކަށް. ހުނަރު ނެތް ކަމަކަށް. މިކަން ވާންނެތް ކަމަކަށް. އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ، މިކަން ކުރެވޭނެ.

އަޅުގަނޑު ނިންމާލުމުގެ ކުރީގައި، އަނެއްކާވެސް ހަމަ ވަކިން ޚާއްޞަކޮށް، މިދެންނެވި ތިން ބޭފުޅުންނަށާއި އަދި ރާއްޖޭގައި ޕަބްލިކް ހެލްތްގެ މަސައްކަތް މިގޮތަށް ފަށައިގަނެވި، އަދި އޭގެ ނަތީޖާ ހޯދާފައި އޮތް ޤައުމަކަށް އަޅުގަނޑުމެންވީތީވެ، ވަރަށްގިނަ ބޭފުޅުންނަށް އެބަ ޝުކުރު ދަންނަވަންޖެހޭ. ޒަމާނުއްސުރެ ފަށައިގެން، ރާއްޖޭގައި ރޯގާއާއި ބަލިމަޑުކަން އުޅޭކަމާއި އަދި އެރޯގާއާ ހުރެ ފުރަތަމަ މަރުވެގެން ދިޔައީ، ކެޕްޓަން މޯޒްބީގެ ކްރޫ އެކީގައި އަޅުގަނޑުމެންނަށް އެނގިފައި އޮތް ގޮތުގައި. ދެން ކެޕްޓަން ހައިޑްޕާކް. ޕާކެއް މިހާރު އިނގިރޭސިވިލާތުގައި ހުރޭ، އެބޭފުޅާގެ ނަމުން. އެބޭފުޅާ މަރުވާ ރޯގާއެއް ކަމެއް، ކޮނޑޭ މީހެއް އަތުން ކަމެއް އަދި މުޅިއަކުން ސާފެއްނުވޭ. ކޮންމެއަކަސް ރާއްޖޭގައި އެބޭފުޅާ އަވަހާރަވެދިޔައީ. ދެން އަޅުގަނޑުމެންނަށް، އިނގިރޭސިވިލާތުގައި އެބޭފުޅާގެ ނަމުން ޕާކެއް ހަދާފައި ހުންނަ އަޑެއް. އެކަމަކު ހުވަދުއަތޮޅުގައި އެބޭފުޅާ އަވަހާރަވީ. ރޯގާއެއް ކަމެއް، ކޮނޑޭ މީހެއްގެ ކަމަކުން ކަމެއް އަދި އަޅުގަނޑުމެންނަކަށް ސާފެއްނުވޭ.

އަޅުގަނޑުމެންގެ ރަށްތަކުގައި ބަލިމަޑުކަމުން ސަލާމަތްވުމަށްޓަކައި އަބަދުވެސް ޙަކީމުން އަދި މި ޑޮކްޓަރުން ނުވަތަ މީހުންނާ އަޅާލާ ބޭސްވެރިން އުޅެމުން އައި. ވެރިންނަށް ޙަޤީޤަތުގައި ވެފައި ތިބީ މިދެންނެވިފަދަ ޙަކީމުން. ޔޫސުފް ކަލޭފާނު، އެހެން ނޫނިއްޔާ ކާންނާ ކަލޭފާނު، މޭނާ ކަލޭފާނު، ހިރިހަމައިދި ކަލޭފާނު. އަދި ޚާއްޞަކޮށް، ބޮޑުވަޒީރު ފާމުލަދޭރި ކިލެގެފާނު. މިއިން ކޮންމެ ކިލެގެއަކީ ޙަކީމެއް. އެއިން ކޮންމެ ކިލެގެއަކީ ޕަބްލިކް ހެލްތްގެ ބޮޑު ބޭފުޅެއް. އެބޭފުޅުންގެ ވެރިކަމުގެ ޙަރަކާތުގެ ދެބައިކުޅަ އެއްބަޔަކީ، ޕަބްލިކް ހެލްތްގެ މަސައްކަތް. ގޭގެއަށް ގޮސް މީހުންގެ ކަންފަތުގައި ހިފުން ކަމުގައިވިޔަސްވެސް. އެއީ، ރާއްޖޭގެ ރައްޔިތުންނަށް އެނގޭ އެއް ޙަޤީޤަތަކީ. ވެރިން ކުރާ އެއްކަންތައް އެއީ. ޞިއްޙަތާ އަޅާލުމާއި، އެމީހުންނަށް ބައްޔެއް ވެއްޖެއްޔާ ބޭސްކޮށްދިނުމާއި އަދި ބަލިވިޔަނުދީ ހިފެހެއްޓުމާ. އަޅުގަނޑުމެންގެ ޕަބްލިކް ހެލްތްގެ މަސައްކަތްތައް މިއަދާ ހަމައަށް ގެނައުމުގައި، ޒަމާނުއްސުރެ ފަށައިގެން ދިވެހިންގެ ވިސްނުމާއި، ޒަމާނުއްސުރެ ފަށައިގެން ދިވެހިންގެ އާދަކާދަތައް މިވަނީ ނުހަނު އެހީތެރިވެދީފައި. ކުރިއަށް އޮތް ތަނުގައިވެސް، އަޅުގަނޑުމެންނަށް މިދެންނެވި ދިވެހިވަންތަކަން އެހީތެރިވެދޭނީ، ޕަބްލިކް ހެލްތްގެ މަސައްކަތް މިހާރަށްވުރެ އަދި ބާރަށް ކުރިއަށް ގެންދިޔުމަށް.

ސަރުކާރުން އިރާދަކުރެއްވިއްޔާ، މި ކުރިއަށް އޮތް ތިން އަހަރު ނިމޭއިރުގައި، އަޅުގަނޑުމެންގެ އާބާދީގެ 80 ޕަސެންޓް ރައްޔިތުންނަކީ، ފެނާއި ނަރުދަމާގެ ޚިދްމަތް ފުރިހަމައަށް ލިބިފައި ތިބި ރައްޔިތުންނަށްވާނެ. އެމަސައްކަތް މިހާރު މިވަނީ ފެށިފައި. މިވަގުތުވެސް 20 ރަށުގެ ނަރުދަމާގެ މަސައްކަތް އެބަ ހިނގާ. އަދި ކުރިއަށް މިއޮތް މިއަހަރުގެ ތެރޭގައި، އިތުރު 28 ރަށެއްގެ ނަރުދަމާގެ މަސައްކަތް ކުރިއަށް ގެންދެވޭނެ. ރަނގަޅު ފެނާއި، ސާފު ބޯފެނާއި އަދި ރަނގަޅު ނަރުދަމާގެ ނިޒާމެއް ނެތީހެއް، ޢާންމު ޞިއްޙަތުގެ ކަންކަން ފުރިހަމަ ކުރަން ވަރަށް ބޮޑަށް ދަތިވެގެންދާކަން އެއީ އަޅުގަނޑު ހިތުން ހުރިހާ ބޭފުޅުންވެސް ގަބޫލު ކުރާނެ ޙަޤީޤަތެއް.

އަޅުގަނޑުމެންނަށް މި މަސައްކަތް ބާރަށް ކުރިއަށް ގެންދެވުނީމާ، އަޅުގަނޑުމެން މިއެދޭ ތަރައްޤީގެ ވަސީލަތްތައް އަޅުގަނޑުމެންނަށް ފުރިހަމަވެގެންދާނެ. ކައުންސިލަރުންވެސް، ފައިނޭންސް މިނިސްޓަރުންވެސް، އިކޮނޮމިކް މިނިސްޓަރުންވެސް، ވިޔަފާރިވެރިންވެސް، ހުރިހާ ބޭފުޅުންވެސް ގަބޫލު ކުރަންވީ، އެންމެބޮޑު ޙަޤީޤަތަކީ، ބައްޔެއްވިޔަ ނުދިނުމަށް. ޚަރަދުކުރާ ކޮންމެ ރުފިޔާއެއް ވެގެންދަނީ، ބަލީގެ ފަރުވާއަށް ކުރާ ޚަރަދުން ދެރުފިޔާ މަދުވެގެންދާ ކަމެއް ކަމުގައި. މިހިސާބު އަޅުގަނޑުމެން ސީދާ ބޭނުމިއްޔާ ސައިންޓިފިކްކޮށް މަޢްލޫމާތާ އެކީގައި، ރާއްޖޭގެ ޙަޔާތުން ޙަޤީޤަތުގައި ފެންނާން އެބައޮތް. އަޅުގަނޑުމެންނަށް މީގެ އިޤްތިޞާދީ ވިސްނުންވެސް، މީގެ މާލީ ވިސްނުންވެސް ނެރެވެންޖެހޭނެ.

މި ޕަބްލިކް ހެލްތްގެ ވާހަކަތަކުގައި އަޅުގަނޑަށް ގިނައިރު ތިޔަބޭފުޅުންނާއެކީގައި ވެވޭކަމީ، އަޅުގަނޑުވެސް ބައެއްފަހަރަށް ލަދުގަންނަ ކަމެއް. އަޅުގަނޑަކީ މިކަމުގެ، ޕަބްލިކް ހެލްތްގެ އެއްވެސް ތަޖްރިބާއެއް ޙަޤީޤަތުގައި ލިބިހުރި މީހެއް ނޫން. އެހެން ނަމަވެސް، އަޅުގަނޑަށް އެންމެ ފުރަތަމަ ދުވަހުންވެސް ވިސްނުން. އަދި ވިސްނެމުން އާދޭ، މިއީ ނިޒާމެއްކަން. މިއަކީއެއް ވަކި ޚާއްޞަ ޢިލްމެއް ނޫންކަން. އެއް ނިޒާމް އަޅުގަނޑުމެންނަށް އެނގެންޏާ، އަނެއް ނިޒާމްވެސް އަޅުގަނޑުމެންނަށް އެނގޭނެ. ނިޒާމެއް ޤާއިމް ކުރުމަށް އަޅުގަނޑުމެންނަށް މަސައްކަތް ކުރެވެންޏާ، އެއްނިޒާމް މަސައްކަތް ކުރެވެންޏާ، އަނެއް ނިޒާމް ޤާއިމް ކުރުމުގައިވެސް އަޅުގަނޑުމެންނަށް އުޅެވޭނެ. އަޅުގަނޑު ކައުންސިލަރުންނަށް ދަންނަވާލަން ބޭނުންވަނީ، ތިޔަބޭފުޅުންނަކީ ދިވެހިރާއްޖޭގެ ސިޔާސީ ޙަޤީޤަތް ބަދަލުކުރެއްވި ބޭފުޅުން. ތިޔަބޭފުޅުން ގޮފި ހެއްދެވީ. ތިޔަބޭފުޅުން ޕާޓީ ބިނާކުރެއްވީ. ތިޔަބޭފުޅުން އިންތިޚާބް ކާމިޔާބު ކުރެއްވީ. ތިޔަބޭފުޅުން މިއަދުވެސް ހަމަ ޙަޤީޤަތުގައި ކުރާން އޮތީ އެއްކަމެއް. ކުރިއަށް އޮތް އިންތިޚާބު ކާމިޔާބުކުރުން. އެ އިންތިޚާބު ކާމިޔާބުވެވޭނީ، ދުޅަހެޔޮ ޞިއްޙަތެއްގައި ތިބޭ ރައްޔިތަކުގެ މައްޗަށް ވެރިކަން ކުރުމަށް ތިޔަބޭފުޅުންނަށް ފެށްޓުނީމާ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން.
والحَمْـدُ لِلّـهِ. والســّلام عليــكم.