މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މެންބަރުން އިތުރުކުރައްވައިފިއެވެ.
އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި މިހާތަނަށް ތިއްބެވީ، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަން ޠައްޔިބު މުޙަންމަދު ވަޙީދާއި، ކުންފުނީގެ މެނެޖިންގ ޑިރެކްޓަރ ސައިމަން މައިކަލް ހޯކިންސްއެވެ.
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް ޑިރެކްޓަރުންގެ ބޯޑަށް އަލަށް ޢައްޔަން ކުރެއްވި ބޭފުޅުންނާއި، އެބޭފުޅުން ތަމްސީލު ކުރައްވާ ދާއިރާތައް ތިރީގައި މިވަނީއެވެ.
1. ޙުސައިން ޙިލްމީ މއ. ވަހާރި (ޓުއަރިޒަމް އިންޑަސްޓްރީގެ ފަރާތުން)
2. އަޙްމަދު ނަޒީރު ބ. އޭދަފުށި/ޗާންދަނީގެ (ޓުއަރިޒަމް އިންޑަސްޓްރީގެ ފަރާތުން)
3. ފާޠިމަތު ވިޝާ މާހިރު މއ. ރައުފަތުގެ (ޓުއަރިޒަމް އިންޑަސްޓްރީގެ ފަރާތުން)
4. ޔޫސުފް ރިފްޢަތު މ. މައިމަގުމަތީގެ (ޓްރެވަލް އޭޖެންޓް/ޓުއަރ އޮޕަރޭޓަރުންގެ ފަރާތުން)
5. ފާޠިމަތު ނިޢުމާ ގ. ހައްދުންމަތީގެ (ފޮރިން އިންވެސްޓްމަންޓުގެ ދާއިރާއިން)