ރައީސުލްޖުމްހޫރިއްޔާ

السّـلام عليـكم

މިއީ ތިޔަބޭފުޅުން މެދުވެރިކޮށް ރާއްޖޭގެ ރައްޔިތުންނާ އަޅުގަނޑަށް ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި ބައްދަލުކުރަން ލިބޭ ފުރަތަމަ ފުރުޞަތު. އަޅުގަނޑު ތިޔަބޭފުޅުންގެ ސުވާލުތަކަށް ތައްޔާރުވެ މިހުރީ، ތިޔަބޭފުޅުން މެދުވެރިކޮށް ރައްޔިތުންނަށް މަޢުލޫމާތު އެރުވުމަށްޓަކައި. ކަންކަން ހިނގަމުންދާގޮތް ރައްޔިތުންނަށް އޮޅުން ފިލުވައިދިނުމަށްޓަކައި. އެހެންވީމާ އަޅުގަނޑުގެ ވާހަކަ އިތުރުނުކޮށް ތިޔަބޭފުޅުންނަށް އަޅުގަނޑު ފުރުޞަތު އަރުވާނަން.

ސުވާލު 1: އެޗް.އެފް.އެމް. އިން ހުޝާމް މުޙަންމަދު

އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމަށް ހަވާލުވެވަޑައިގަތުމަށްފަހު މި ގައުމުގެ ބާރުތައް މިވަގުތު މިވަނީ މަނިކުފާނުގެ އަތްމަތީގައި. ކުރީގެ ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނީގޮތުން ހިމާޔަތްދެވެން އަންނަނީ ޤާނޫނެއް ފާސްކުރެވިގެން. އެހެންނަމަވެސް މަނިކުފާނު ނެރުއްވާ ޤަރާރަކުން ނުވަތަ އެމް އެން ޑީ އެފް އަށް އަންގަވާ އެންގުމަކުން އެކަން ފުރިހަމަވެގެން އެބަދޭ. ވިދާޅުވެދެއްވަފާނަންތޯ އެމަނިކުފާނަށް ހިމާޔަތް އެރުވުމަށްޓަކައި މިވަގުތު ކޮންކަމެއްތޯ ނިމިފައިވަނީ؟

ރައީސުލްޖުމްހޫރިއްޔާ

އެ ދެންނެވުން އަޅުގަނޑު ވާނީ އެމް.އެން.ޑީ.އެފަށް ފޮނުވާފައި.

ސުވާލު 2: ހާމަ ޑެއިލީން އިބުރާހިމް ވަޙީދު

އަޅުގަނޑުގެ ސުވާލަކީ، މިއަދު ރައީސުލްޖުމްހޫރިއްޔާގެ 8 މެމްބަރުންގެ ގޮތުގައި މަނިކުފާނު ވަނީ 7 ނަމެއް އިޢުލާން ކުރައްވާފައި. ދެން، އަދި އެބައޮތް އެއް ނަން ބާކީ. ކިހިނެއްވެގެންތޯ 8 ނަން މިއަދު އިޢުލާން ނުކުރެވުނީ؟ ކޮންސަބަބަކާ ހެދިތޯ؟

ރައީސުލްޖުމްހޫރިއްޔާ

އަށްވަނަ ބޭފުޅެއްގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ މެންބަރެއްގެ ގޮތުގައި، ތަމްސީލުކުރުމަށް އަޅުގަނޑު ހަމަޖައްސާފައިވާ ބޭފުޅާ މިވަގުތު ރަށުގައި ނެތުމުން އެކަން އަދި ހަމަނުޖެހެނީ. ވީ އެންމެ އަވަސް ފުރުޞަތެއްގައި އެބޭފުޅަކު ހުވާކުރައްވާނެ.

ސުވާލު 3: ޖަޒީރާ ނޫހުން އަޙްމަދު މުޙުސިން

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމާ ހަވާލުވެވަޑައިގަތުމަށްފަހު އަޅުގަނޑުމެންނަށް ދެއްވާ ފުރަތަމަ ޕްރެސްކޮންފަރެންސަށް މަރްޙަބާ. ވިދާޅުވެ ދެއްވަފާނަންތޯ މަނިކުފާނުގެ މިދައުރުގައި ކޮންކަންތައްތަކެއްކަން ފުރަތަމަ ފަށްޓަވާނީ؟ ކޮންކަންކަމެއްތޯ މިހާރު ރައްޔިތުންނަށް އެންމެ ފުރަތަމަ ބޭނުންވާކަމަށް މަނިކުފާނު ދެކެވަޑައިގަންނަވަނީ؟

ރައީސުލްޖުމްހޫރިއްޔާ

އަޅުގަނޑުމެން މި އިންތިޚާބުގައި ވާދަކުރީ ރައްޔިތުންނަށް ވަޢުދުތަކެއްވަމުން. އަޅުގަނޑުމެންގެ ހަމަ އެންމެ އަވަސް ވާޖިބަކަށްވާނީ މި ވަޢުދުތައް ފުއްދުމުގައި، ޢަމަލީ މަސައްކަތްތައް ފަށައިގަތުން. ފުރަތަމަ އެއްކަމެއް، ވަކިކަމެއް، އެހެން ދަންނަވާކަށް އަޅުގަނޑު ނެތީމު. އެހެންނަމަވެސް، އަޅުގަނޑުމެންގެ އިންތިޚާބުގައި އަޅުގަނޑުމެން ރައްޔިތުންނަށް ވަމުން އައި ވަޢުދުތައް ފުއްދައިދިނުމުގެ މަސައްކަތް އެއީ އަޅުގަނޑުމެން ކުރާނެ މަސައްކަތަކީ.

ސުވާލު 4: ރާއްޖެ ނޫހުން ޢިމްރާން ޖައުފަރު

މަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިޚާބުވެ ވަޑައިގަތުމުގެ ކުރިންވެސް ވިދާޅުވެފައިވޭ ރައްޔިތުންނާ ވަރަށް ގާތް ބޭފުޅެއްގެ ގޮތުގައި ހުންނަވާނެކަމަށް. އަޅުގަނޑަށް ހީވަނީ އިންތިޚާބު ނިމުމަށްފަހުގައި، މިހާރު ރައިސުލްޖުމްހޫރިއްޔާކަމުގެ މަގާމާ ހަވާލުވެ ވަޑައިގަތުމަށްފަހުގައި އެއްވެސްވަރަކަށް ވިސްނުންފުޅުގައި އެބައޮތްތޯ ރާއްޖޭގެ ހުރިހާ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ކަންތައްތަކެއް ހަމަޖައްސަވާފައި؟ މިކަހަލަ އެއްވެސް ވިސްނުންފުޅެއް އެބައޮތްތޯ؟

ރައީސުލްޖުމްހޫރިއްޔާ

ރާއްޖޭގެ ހުރިހާ ރަށްރަށަކަށްވެސް ޒިޔާރަތްކުރެވޭތޯ، ދަތުރުކުރެވޭތޯ އަޅުގަނޑު ބަލާނަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެނަށް ސަރުކާރެއް އެކުލަވާލައި، ސަރުކާރުގެ ކަންތައްތައް އޮމާންކަމާއެކީގައި ހިނގަން ފެށުމުން ރަށްރަށަށް ދިއުމުގެ ޕްރޮގްރާމެއް އަޅުގަނޑު ފަށާނަން.

ސުވާލު 5: ޓީ.ވީ.އެމް އިން ޙަފްސީ ޢަބްދުﷲ

އަޅުގަނޑުގެ ދެސުވާލެއް އެބަވޭ. ފުރަތަމަ ސުވާލަކީ، އަޅުގަނޑު ހަނދާންވޭ، ކުރިންވިދާޅުވަމުން ގެންދެވި ކަންމަތީ ފިހާރަތަކަށް ދަރާފައިވާ ދަރަނި އަދާކޮށްދެއްވާނެކަމަށް. މިކަންތައްތައް ހަމަޖެއްސުމުގެ ކަންތައްތައް ކިހިނެއްތޯ އޮތީ، ރާއްޖޭގެ ހުރިހާ ރަށެއްގެ ހުރިހާ ފިހާރަތަކަކަށް ޢާންމު ރައްޔިތުން ދަރާފައިވާ ދަރަނި އަދާކޮށްދެއްވާ އުސޫލުންތޯ، ނުވަތަ ކިހިނެއްތޯ އެކަންތައް ހަމަޖެހިފައި އޮތީ؟

ރައީސުލްޖުމްހޫރިއްޔާ

އަޅުގަނޑުމެންގެ ވަޢުދުތަކުގެ ތެރެއިން، އަޅުގަނޑުމެން ވަޢުދުތައް ފުއްދުމުގެ ޕްރޮގްރާމްތައް އަޅުގަނޑުމެން މިދަނީ އިޢުލާން ކުރަމުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ރައްޔިތުންނަށް ވެފައިވާ ހުރިހާ ވަޢުދެއްވެސް ފުއްދާނަން. އަޅުގަނޑުމެން މިހާރު އިޢުލާން ކޮށްފައިމިވަނީ އުމުރުން 65 އަހަރުވީ ކޮންމެ ދިވެހި ރައްޔިތަކަށް ޖަނަވަރީ 1 ން ފެށިގެން ދެހާހެއްހާ ރުފިޔާގެ ޕެންޝަނެއް އެރުވުމަށް. ތިޔަބޭފުޅުން ކުޑަކޮށް ބައްލަވާލައްވައިފިނަމަ އެނގިވަޑައިގަންނަވާނެ ކަންމަތީ ސްޓޯރުތަކަށް ލޭންދޭނުގައި ބޮޑަށް ޖެހިފައިހުރީ ދޮށީޢުމުރުގެ ރަށްރަށުގައި ތިއްބަވާ ބޭފުޅުން. އަޅުގަނޑު ރާއްޖޭގެ ރަށްރަށަށް މިކުރާދަތުރުތަކުން އަޅުގަނޑަށް އެކަން ވަރަށް ސާފުވެގެންދޭ . އެހެންވީމާ، އަޅުގަނޑު ދެކެނީ އަޅުގަނޑުމެންގެ މިޕެންޝަނުގެ ސަބަބުން ކަންމަތީ ސްޓޯރަށް ނުވަތަ ރަށްރަށުގެ ފިހާރަތަކުގެ ލޭންދޭނު ފޮތްތަކަށް ލުއިވެގެންދާނެކަމަށް.

Question 6: Olivia Lang from Minivan News Website
You recently told a British newspaper that you would save money for new land in the case of climate change. I just wondered how much that would be and how that policy would work?

President:

What I did express was that if we do not want be environmental refugees, we don’t want to end up in tents, twenty thirty years down the line. I don’t want to see Maldivians as refugees living in tents. And therefore, as a nation we should get ready for such an eventuality. Exact details of how we should go about it, I did mention a sovereign fund but I do want to impress upon the international community and the international press that we have lot of financial problems. Our state finances are not in its best order. To stabilize democracy we have to have a stable economy. To do that we need international contribution and assistance. And only through democracy we can have any safe guard or any program for environmental degradation or environmental aberrations. For us to survive as a nation we have to have a stable democracy. So therefore, my prime concern is to stabilize democracy and I believe that it is through democracy that we can save ourselves.

ސުވާލު 7: ހަވީރު ނޫހުން ޙަސަން މުޙަންމަދު

ނަޝީދު ކުރިން ވިދާޅުވެފައިވަނީ ގައުމު ކޮންމެހެން ހިންގަން ބޭނުންވާނެ 300 މިލިއަން ޑޮލަރު، ވެރިކަމާ ހަވާލުވެ ވަޑައިގަންނަވާތާ ވިއްސަކަށް ދުވަހުގެ ތެރޭގައި ހޯއްދަވާނެކަމަށް. އަޅުގަނޑުގެ ސުވާލަކީ މިހާރު އެމަސައްކަތް ފަށްޓަވައިފިންތޯ؟

ރައީސުލްޖުމްހޫރިއްޔާ

ވަރަށް ބާރަށް ކުރިއަށްދަނީ އިނގޭތޯ.


7 ސުވާލު: އާފަތިހުން މޫނިސާ ޢީސާ

މިއަދު މަނިކުފާނުވަނީ ރައްޔިތުންގެ މަޖިލިހަށް 7 މެންބަރުން ޢައްޔަން ކުރައްވާފައި. އަދި އެއް މެންބަރު ރަށުގައި ވަޑައިގެން ނޫޅުއްވާތީ ޢައްޔަން ނުކުރެއްވެނީކަމަށް ވިދާޅުވެފައި އޮތީ. ދެން އަޅުގަނޑުމެންނަށް އަޑު އިވިގެން މިދިޔައީ ރައްޔިތުންގެ މަޖިލީހުގައި މިހާތަނަށް ރައީސް މައުމޫން ޢައްޔަން ކުރައްވާފައި ތިއްބެވި ހަތަރު މެންބަރަކު އެބޭފުޅުން ވަކި ނުކުރެއްވޭނެކަމަށް ބުނަމުންދާ ވާހަކަ.
ޤާނޫނު އަސާސީ ދެފަރާތުން މި މާނަ ކުރައްވަނީ. ދެން ޤާނޫނުއަސާސީ މާނަކުރެއްވުން އެއީ ސްޕްރީމްކޯޓަށް އޮތް ބާރަކަށް ވާއިރުގައި މިކަހަލަ ދަނޑިވަޅެއްގައި ކީއްވެގެންތޯ މަނިކުފާނު ސްޕްރީމް ކޯޓަށް ފުރުޞަތު ނުދެއްވާ، ކޮންމެ ގޮތެއްވިޔަސް މާދަމާއަކީ ސަރުކާރު ބަންދު ދުވަހަކަށްވީމާ އަދި މާދަމާ މިއޮތީ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްވެސް ބާއްވާ ގޮތަށް. ނަމަވެސް ސްޕްރީމްކޯޓަށް ފުރުޞަތު ނޯންނަ ގޮތަށް ކީއްވެގެންތޯ މަނިކުފާނު މެންބަރުން މި ޢައްޔަން ކުރެއްވީ؟

ރައީސުލްޖުމްހޫރިއްޔާ

އަޅުގަނޑު ދެނުކުތާއެއް ފާހަގަކުރާނަން. މާދަމާއަކީ، ސަރުކާރު ބަންދު ދުވަހެއް ނޫން.
ސްޕްރީމް ކޯޓަށް ހުރިހާ ފުރުޞަތެއް އެބައޮތް. ޤާނޫނީގޮތުން އަޅުގަނޑު އަދާ ކުރަންޖެހޭ ވާޖިބުތައް އަޅުގަނޑު އަދާކުރަމުން ގެންދަނީ. އެވާޖިބުތައް އަޅުގަނޑު އަދާކުރަމުން ދާއިރުގައި، އެއްވެސްފަރާތަކުން ވަކިފަރާތެއްގެ ވަކިބޭފުޅެއްގެ ޙައްޤަކަށް އުނިކަމެއް އަތުވެއްޖެކަމަށް އެބޭފުޅަކަށް ފެނިވަޑައިގެންފިނަމަ އެބޭފުޅަކު އެކަމަކާ ގުޅޭގޮތުން ޝަރީޢަތަށް ވަޑައިގަންނަވަންވީ. އަޅުގަނޑު ސްޕްރީމް ކޯޓުގެ މަސައްކަތަކަށް ދުވަހަކުވެސް ހުރަހެއްވެސް ނާޅާނަން. އަދި އަޅުގަނޑު މިހާރު މިކުރަމުން ގެންދާ ޤާނޫނީ މަސައްކަތްތަކުގައި އަޅުގަނޑު ނުދެކެން، އަދި އަޅުގަނޑަކަށް އެއްވެސްފަރާތަކުން ޤާނޫނީ ލަފާ ލިބިފައެއްވެސް ނެތް، އަޅުގަނޑު ކުރާ މަސައްކަތް އެއީ ސްޕްރީމް ކޯޓުގެ މަސައްކަތާ ކުޑަވެސް ގުޅުމެއްހުރި މަސައްކަތެއްކަމަށް. ސްޕްރީމްކޯޓަށް ފުރަތަމަ ދާންޖެހޭނީ މައްސަލައެއް. ދިޔައިމާ، އެމައްސަލައެއް އެބޭފުޅުން ވަކިގޮތަކަށް ނިންމަވާނީ. ނިންމެވީމާ، އެނިންމެވިގޮތަކާ އިންކާރުކުރާކަށް ކުޑަ ހިނދުކޮޅަކުވެސް އަޅުގަނޑެއް ނުހުންނާނަން.

ސުވާލު 7: އާފަތިހުން މޫނިސާ ޢީސާ

މަނިކުފާނު މިއަދު ވާހަކަފުޅުގައި ވިދާޅުވި މަނިކުފާނުގެ އެންމެ އިސް ވާޖިބަކަށްވާނީ މަނިކުފާނު ވެވަޑައިގެންނެވި ފަސް ވަޢުދު ފުއްދެވުމޭ. ދެން މަނިކުފާނު އެވަޢުދުތައް ވެވަޑައިގެންފައިވަނީ ފުރަތަމަ ބުރުގައި ވާދަކުރެއްވިއިރު. އޭރު އިއްތިޙާދެއް ނެތް. ދެން އޭގެފަހުން މަނިކުފާނު ވިދާޅުވެފައިވަނީ ދެއަހަރު ފަހުން އިލެކްޝަނެއް ބާއްވާނެ ވާހަކަ. އެހެންވީމާ، މިމުއްދަތުގައި މަނިކުފާނަށް އެފަސް ވަޢުދު ފުއްދޭނެތޯ، މި ދެއަހަރު ބައި މުއްދަތުގައި؟ އެކަމާދޭތެރޭ ދެކެވަޑައިގަންނަވަނީ ކިހިނެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ

ތީގައި ދެނުކުތާއެއް އެބަވޭ. އަޅުގަނޑު ތަކުރާރުކޮށް ދަންނަވަމުން މިއަންނަނީ ޑިމޮކްރަސީއަށް މަސައްކަތްކުރާނީ އިންތިޚާބުތައް ބޭއްވިގެންނޭ. އަޅުގަނޑުމެންގެ ކުރިމަތިގައި ފެބްރުއަރީމަހު އެބައޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު. އަޅުގަނޑުމެންގެ ކުރިމަތިގައި ޖޫންމަހު އެބައޮތް ރަށު ކައުންސިލްތަކުގެ އިންތިޚާބު. ރަށްރަށުގެ އިންތިޚާބުތައް. މި ދެ އިންތިޚާބު ނިމޭއިރުގައި އަޅުގަނޑުމެންނަށް ރާއްޖޭގެ ސިޔާސީ މަސްރަޙް މިހާރަށްވުރެ ބޮޑަށް ސާފުވެފައި އޮންނާނެ. އެއަށްފަހު އަޅުގަނޑުމެންގެ ކަންތައް އިއްތިޙާދުގެ ތެރެއިން އަޅުގަނޑުމެން ކުރިޔަށް ގެންދާނަން. އެނގިވަޑައިގަންނަވާނެ އިއްތިޙާދުގައި އަޅުގަނޑުމެން، ފުރަތަމަ އެކުވިއިރުގައި ހުރިހާ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި. ބައެއް ބޭފުޅުން އިއްތިޙާދުގައި ބައިވެރިވެވަޑައިގަތީ އެއްވެސް ޝަރުޠެއްނެތި އެބޭފުޅުން އަޅުގަނޑުމެންނަށް ތާއީދުކުރައްވާ އުސޫލުން. އެގޮތުންއައިސް، އަޅުގަނޑުމެންގެ އެދުމުގެމަތިން އެބޭފުޅުން މިހާރުވަނީ އަޅުގަނޑުމެންގެ ސަރުކާރުގައި ބައިވެރިވުމަށް ނިންމަވައި ސަރުކާރުގެ ވަޒީރުންގެގޮތުގައި ހިމެނިފައި. އަޅުގަނޑު ހުށަހަޅާ ވަޒީރުންގެ ތެރޭގައި، އިއްތިޙާދުގެ ހުރިހާ ޕާޓީތަކެއް ހިމެނޭނެ. އެހެންވީމާ، އެހިސާބުން އަޅުގަނޑުމެންނަށް އިއްތިޙާދުގެ ތެރޭގައި ވެފައިއޮތް އެއްބަސްވުންތަކެއް ދެން ނިންމަމުންދާނީ އިއްތިޙާދުގެ ތެރެއިން.

Question 8: Zhangie Chen from Xinhua Agency

Mr. President. I have two questions. First one is, now the Maldives is the richest country in south Asia. Lots of opportunities have been made in last several decades. So the new government, in which area the developing policy will continue, in which area the policy will change so we can make more achievements in the future?
The second question is that what will be the main direction of the new government’s foreign policy? Will there be any adjustment of the foreign policy?

President

The change would be in governance. We will make big changes, great changes in the manner in which we govern this country. Our focus areas would be housing, health, drug abuse, cost of living and transport. Our foreign policy, as described in our manifesto would be more commercially based and it would be conducted in a manner that benefits the social and commercial interests of this country, and at the same time maintaining peace and balance in the Indian Ocean.

Question 8: Jyoti Malhotra from Hindustan Times

Mr. President. Not so long ago you were in one of Gayoom’s prisons. From there, the journey to this presidential office is a long one, and I am wondering how you feel here today in this big office in this big room addressing the press as the president of the Maldives? That’s my first question. And the second one is, I wanted to ask you what do you expect from India? Do you feel that the Indian government was little bit late in coming to your story to the story of the Maldivian Democratic Party and the revolution that your party made in this country, and what do you expect from India?

President

Standing here today Jyoti, I feel how brave the people of the Maldives have been in trusting me, to deliver a government for them. I personally would have to have some more time to reflect upon how I feel, as you will understand the last few months have been moving like clock work and I had very little time to reflect, but of course it’s a happy feeling. I am grateful for everything, and I do understand how extremely fortunate we are for having a very smooth transfer of power to democracy. And I hope that we can maintain, and we can consolidate democracy in the Maldives. Indian people have always been very close to us. Especially the press and the women’s press co. And we are very grateful for the Indian NGO’s and non governmental organizations who have always had faith in us and who’s always petitioning on the Indian government on behalf. Indian government also did realize the importance of democracy in the Maldives and I believe we wouldn’t have had this peaceful transition if not for the Indians, if not for the Indians also among many others. I did speak to the Indian prime minister yesterday, last night. I met the Indian Vice President today. On both occasions I did raise the issue of state finances and we do need Indian contribution to stabilize democracy, especially for our budget deficit and balance of payment problems. I understand that the economic fundamentals are strong, but we do have a budget problem. So that’s an area that we would be looking for assistance in the immediate future.

ސުވާލު 9: ސަންދާނުން އިބްރާހިމް މަނިކު

އަޅުގަނޑު ފުރަތަމަ ސުވާލު ބޭސްކުރާނީ އަޅުގަނޑުމެންގެ ސަންދާނުގެ އިންޓަރނެޓްގައި އުފެދުނުއިރު، އޭގެ އެއްބައިވެރިއެއްކަމަށްވާ ލުޠުފީ، ސިޔާސީ ކުށްވެރިއެއްގެގޮތުގައި އަމިއްލައަށް އަރުވާލެވިފައި މިހާރުވެސް ހުރި ރާއްޖެއިން ބޭރުގައި. ދެން ނަޝީދުގެ ސަރުކާރުގައި ކިހާ އަވަހަކަށްތޯ ސިޔާސީ ކުށްވެރިން ދޫކޮށްލާނީ؟
ދެން ދެވަނަ ސުވާލަކީ، ރާއްޖޭގެ ވެރިކަންކުރަމުންދާ މާލޭގައި މިހާރު މި އިތުރުވަމުންދާ ގޭންގް ވައިލެންސްގެ ކަންތައް މިހާރުއޮތި ނުރައްކަލުގެ ދަރަޖައަކަށް ގޮސްފައި. އެކަން ހުއްޓުވުމަށް ނަޝީދުގެ ސަރުކާރުން ކިހާ މަސައްކަތެއް ކުރައްވާނަންތޯ؟

ރައީސުލްޖުމްހޫރިއްޔާ

ފުރަތަމަ ސިޔާސީ ކުށްވެރިންނާ، އަދި ލުޠުފީއާ އަދި އެހެންވެސް ޖަލުގައި ތިބި އެތައް ކުށްވެރިންނާބެހޭގޮތުން އަޅުގަނޑު ދަންނަވާނަން. އަޅުގަނޑުމެން އެއިން ކޮންމެ ކުއްޖެއްގެ، މީހެއްގެ ކަންކަން ވަކިވަކިން ބަލާނަން. އެއިން ކޮންމެ މިހަކަށް އަޅުގަނޑުމެންނަށް ދެވެންހުރި ލުޔަކީ ކޮބައިތޯބަލައި، އަޅުގަނޑުމެންނަށް ދެވެންހުރި އެންމެ ބޮނޑު ލުޔެއް އެކުދިންނަށް، އެމީހުންނަށް އަޅުގަނޑުމެން ދޭނަން. އަޅުގަނޑު ދެކެނީ އޭގެތެރެއިން، ޖަލުގޭގައި ތިބި ވަރަށްގިނަ މީހުންނަކީ، އެމީހުންނަށް މިހާރުން މިހާރަށްވެސް ލުއިދެވޭނެ މީހުންކަމަށް. އެކަމާ ގުޅޭ ޤާނޫނީ އޮނިގަނޑު މިހާރު މިވަނީ އެކުލަވާލެވިފައި. ޕެރޯލް ބޯޑެއް މިހާރު އެބައޮތް. އަޅުގަނޑުމެން ބޭނުންވާނީ އެބޯޑު މިހާރަށްވުރެ ރަނގަޅަށް މަސައްކަތްކުރެވޭނެ ހަމަތަކާ، އުސޫލުތަކާ، ގޮތްތަކާ، މީހުން ހޯދާ އެކަންތައްތައް ބާރަށް ކުރިއަށް ގެންދިޔުމަށް. އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ފަރާތުން އަލްފާޟިލް އިބްރާހިމް ޙުސައިން ޒަކީއާއި، އަލްފާޟިލް ރީކޯ މޫސާ މަނިކު މާދަމާ، ޖަލުގެއަށް ވަޑައިގަންނަވާނެ. ފަހަރެއްގައި މާދަމާ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ކަންތައްތައް ދާގޮތުން މޫސައަށް ޖަލުގެއަށް ވަޑައިނުގެންނެވިދާނެ. އެހެންނަމަވެސް، އިބްރާހިމް ޙުސައިން ޒަކީ ވަޑައިގަންނަވާނެ. އެބޭފުޅުން ވަޑައިގެން ޖަލުގޭގައި ތިބި މީހުންނާ ބައްދަލުކޮށް، އެމީހުންނާ ވާހަކަދައްކާ ކަންކަމަށް ގެނެވެން އޮތް ޙައްލަކީ ކޮބައިތޯ އަޅުގަނޑުމެން ބަލާނަން. ޖަލުގައި ތިބި ހުރިހާ ކުދިންނަށް، ހުރިހާ މީހުންނަށް އަޅުގަނޑު މިވަގުތު ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެންނަށް ފުރުޞަތެއް ދެއްވާށޭ. އަޅުގަނޑުމެންނަށް ވަގުތުކޮޅެއް ދެއްވާށޭ. މިއަދުން މިއަދަށް، މިހާރުން މިހާރަށް އަޅުގަނޑުމެންނަށް ކުއްލިއަކަށް ކަންތައްތައްކޮށްދެވެން ނެތިދާނެ. އެހެންނަމަވެސް އަޅުގަނޑުމެންނަށް އިތުބާރު ކުރައްވާށޭ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކަންކަން ގެންދާނީ ވީހާވެސް ރަނގަޅަކަށޭ. ދެން އިބްރާހިމް ލުޠުފީ ހަމަ މިރޭވެސް މިހާރުވެސް މާލެ ވަޑައިގަންނަވަންވީ.

ރާއްޖޭގައި ހިނގާ އިޖްތިމާޢީ އެއްވެސް މައްސަލައަކީ މިއަދު މިތާ ހުރެފައި މާދަމާ މިހެންހަދާ އަޅުގަނޑަށް ހައްލުކުރެވޭނޭ މައްސަލައެއްނޫން. ޑްރަގުގެ މައްސަލަވެސްއޮތީ އެހެން. އަދި ތިޔަ ވިދާޅުވާހެން މާރާމާރީގެ ކަންތައްތައްވެސް ހުރީ ހަމަ އަޅުގަނޑުމެން އެދޭ ހިސާބެއްގައެއް ނޫން. މިކަންކަން ހައްލުކުރެވޭނީ ފުޅާ، ދިގު، ބޮޑުވިސްނުމެއްގައި. އެވިސްނުން އަޅުގަނޑުމެންގެ ނެރެ އެވިސްނުމުގެ ތެރޭގައި އަޅުގަނޑުމެން މިއިންތިޚާބާ ކުރިމަތިލީ. އަދި އިންތިޚާބުގައި އަޅުގަނޑުމެން ވަކާލާތު ކުރަމުން އައީވެސް. އެހެންވީމާ، އަޅުގަނޑުމެންގެ ސިޔާސަތުތައް ހިންގަން ފެށުމުން، މާލެއަކީ އަމާންތަނަކަށް ވެގެންދާނެ ކަމާމެދު އަޅުގަނޑުމެން ޝައްކެތްނުކުރަން.

އަޅުގަނޑު އަދި ދެ ސުވާލަކަށް ފުރުޞަތު ދޭނަން. މިބޭފުޅާއަށް އެއްސުވާލު. ހުޝާމަށް އެއް ސުވާލު. މުޙުސިނަށް އަނެއްސުވާލު އަޅުގަނޑު ދީފައި ނިންމާލާނަން.

ސުވާލު 10: އާފަތިހުން އަޙްމަދު ޖަދުވާން

މަނިކުފާނު ވިދާޅުވެފައި އޮތީ ޖަލުގެ ކުށްވެރިންނަށް ޢަފޫޢާންމެއް ދެއްވާ ވާހަކަ. ޢަފޫޢާންމެއްގެ ކަންތައް އޮތީ ކިހާހިސާބެއްގައިތޯ؟

ރައީސުލްޖުމްހޫރިއްޔާ

އަޅުގަނޑު ޖަލުގެ ކުށްވެރިންނާ ގުޅޭގޮތުން ދައްކަމުން އައީ ހަމަ ދެންމެވެސް އަޅުގަނޑު ދެއްކި މޭރުމުން ދެއްކި ވާހަކަ. ދެން އެ ޢަފޫޢާންމެއްގެ މާނައަކީ ހުރިހާ ކުށްވެރިން އެއްފަހަރާ ދޫކޮށްލުން އެހެންނޫންތޯ. ދެން މިހުރީ މަޢާފު. އަޅުގަނޑުމެން ޖެހޭނީ ޖަލުގޭގައިހުރި ކޮންމެ މީހެއްގެ ކަންތައް ވަކިން ބަލަން. ކޮބައިތޯ މައްސަލައަކީ، ކިހިނެއްތޯ އަޅުގަނޑުމެންނަށް ހަދާދެވެންއޮތީ ބަލާފައި، އަޅުގަނޑުމެންނަށް ހަދާދެވެން އޮތް އެންމެ ރަގަޅުގޮތެއް ކޮންމެ ކުށްވެރިއަކަށްވެސް، ޖަލުގޭގައި ތިބި ކޮންމެ މީހަކަށްވެސް، އަޅުގަނޑުމެން ހަދާދޭނަން.

ސުވާލު 11: އެޗް.އެފް.އެމް އިން ހުޝާމު މުޙަންމަދު

ވިދާޅުވެ ދެއްވަފާނަންތޯ، ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވާނެ، ޤައުމުގެ ރިޒާވްގައި ހުރީކިހާ ފައިސާއެއްތޯ ޚަޒާނާގައި ހުރީ ކޮންއެއްޗެއްތޯ މިވަގުތު މަނިކުފާނަށް އެސްޓިމޭޓު ކުރެވިފައިވާނަމަ. ދެން އަޅުގަނޑުމެންނަށް ގައުމުގެ ރައްޔިތުންނަށް ކިތައް ދުވަހުގެ ކާޑުގެ ބާވަތްތައް އެތެރެކުރެވޭނެ ވަރަށް ފައިސާ އެބަހުރިތޯ، ޔަޤީންކަމާއެކީ ވިދާޅުވެ ދެއްވަފާނަންތޯ؟

ރައީސުލްޖުމްހޫރިއްޔާ

އަޅުގަނޑު މިއަދު އަދި މިހުވާކުރީ. އަޅުގަނޑުގެ ފިނޭންސް މިނިސްޓަރ ޢަލީ ހާޝިމް އިރާދަކުރެއްވިއްޔާ މާދަމާ ހުވާކުރައްވާނެ. ހުވާކުރައްވާފައި ޢަލީ ހާޝިމް ބައްލާވާފައި، ޢަލީ ހާޝިމް ވިދާޅުވާނެ ތިޔަކަންކަން ހުރި ހިސާބު. މިއަދު ކުއްލިއަކަށް އަޅުގަނޑު އެއްޗެއް ދެންނެވުމަށްވުރެ ސީދާ ޢަލީ ހާޝިމް އެވާހަކަތައް ދެއްކެވީމާ އަޅުގަނޑު ހިތުން މާއެކަށީގެންވާނެ.

ސުވާލު 12: ޖަޒީރާނޫހުން އަޙްމަދު މުޙުސިން

އަޅުގަނޑުގެ ދެސުވާލެއް އެބައޮތް. އެއްސުވާލަކީ މަނިކުފާނު ކެމްޕޭނު ދުވަސްވަރުވެސް ވިދާޅުވަމުން ގެންދެވީ ތީމުގޭގައި ދިރި ނޫޅުއްވާނެ ވާހަކަ. އަދި ޔުނިވަރސިޓީއަކަށް އެތަން ހައްދަވާނެ ވާހަކަ. އަދި އާރަށާ ބެހޭގޮތުންވެސް ވާހަކަތަކެއް ދައްކަވަމުން ގެންދެވީ. މިހާރު ކިހިނެއްތޯ އެވިސްނުންހުރީ. ތީމުގޭގައި ދިރިއުޅުއްވާނަންތޯ؟ އާރަށާމެދު ކަންތައް ކުރައްވާނީ ކިހިނަކުންތޯ؟

ރައީސުލްޖުމްހޫރިއްޔާ

އަޅުގަނޑު ތިޔަ ސުވާލަށް ޖަވާބެއް އަރުވާނަން. މިހާރު އަޅުގަނޑު ކެމްޕޭނުއިރުގައި ދެއްކި ވާހަކަ ހުރިހާ ނޫސްވެރިންވެސް، ސީދާ ބަރާބަރަށް ތަރުޖަމާކުރަމުން ގެންދިޔުމަށް އަޅުގަނޑު އެދެން. ތިޔަބޭފުޅުންގެ ނަޒަރުގައި، ނުވަތަ ތިޔަބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އަޅުގަނޑު ދައްކާ ވާހަކައެއް ނޫން. ތީމުގެއާ ގުޅޭގޮތުން އަޅުގަނޑު ހަމަ ވާހަކަ ދައްކަމުން ގެންދިޔައިން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންވީ، ވަޢުދާ އެއްގޮތަށް އެކަން ކުރިއަށް ގެންދާނަން. ވަކި ސަބަބެއް އޮވެގެނެއްނޫން. އާރަށާ ގުޅޭގޮތުން އަޅުގަނޑު ވާހަކައެއް ނުދައްކަން. އެއްވެސް ސަބަބެއް އޮވެގެނެއްނޫން. އާރަށާ ގުޅޭގޮތުން އަޅުގަނޑު އެއްވެސް ވާހަކައެއް ނުދައްކަން. އެހެންވީމާ، އާރަށާ ގުޅޭގޮތުން އަޅުގަނޑަކަށް ވަކި ޚާއްޞަ ވަޢުދެއް ވެވިފައެއްނެތް. އެހެންވީމާ، އަޅުގަނޑުމެން އާރަށާ ގުޅޭގޮތުންވެސް ވީ އެންމެ ރަނގަޅު ގޮތެއް ރާއްޖެއަށް އެންމެ ފައިދާހުރި ގޮތެއް އަޅުގަނޑުމެން ހަދާނަން. އެއްވެސްކަމެއް އަޅުގަނޑު މިކުރަނީ ވަކި ރަމްޒީ ކަންތައްތަކެއް ދައްކާކަށެއްނޫން. އަޅުގަނޑުމެންގެ ބޭނުމަކީ ރާއްޖޭގެ ރައްޔިތުންގެ ޖީބަށް މިއަދު ވަންނަ ފައިސާގެ އަދަދަށްވުރެ މާދަމާ އިތުރު އެއްޗެއް ވެއްދޭތޯ ބެލުން. އެސަބަބުތަކަށްޓަކައި އަޅުގަނޑުމެންގެ ހުރިހާ ސިޔާސަތެއްވެސް ތަންފީޒުވެގެން ދާނީ.

ސުވާލު 13: ޖަޒީރާ ނޫހުން އަޙްމަދު މުޙުސިން

އަޅުގަނޑުގެ އަނެއްސުވާލަކީ، މަނިކުފާނު ފާހަގަކުރައްވައިފި 65 އަހަރުވީ މީހުންނަށް ދެހާސްރުފިޔާއަށްވުރެ މަތީ އަދަދެއްގެ އެލަވަންސެއް ދެއްވަން، ނޫނިއްޔާ ޕެންޝަން ސްކީމަކުން އެމީހުންނަށް ފައިސާދޭން. މިހެން އެކަން އޮތްއިރު 65 އަހަރުވެގެން ސަރުކާރުގައި ވަޒީފާގައި އުޅުއްވާފައި ވަކިން ޕެންޝަން ލިބިވަޑައިގެންތިއްބެވި ބޭފުޅުންނަށް ލިބިގެންދާނީ އެމީހުންގެ ޕެންޝަން ލާރީގެ އިތުރުންތޯ، ތިޔަ ވިދާޅުވާ ފައިސާ. ނޫނީ އެއިން ބައެއް ކެނޑިގެންތޯ ދާނީ؟

ރައީސުލްޖުމްހޫރިއްޔާ

ޕެންޝަނާ ގުޅޭގޮތުން އަޅުގަނޑުމެން ސީދާ ފުރިހަމަ ސިޔާސަތެއް އެކުލަވާލާނަން. ދެހާހެއްހާ ރުފިޔާ އެއީ އަޅުގަނޑުގެ ބަސް. ދެހާހެއްހާ ރުފިޔާ ލިބޭ ބޭފުޅަކަށް އަޅުގަނޑުމެން އެއްޗެއްދޭ ވާހަކައެއް ޙަޤީޤަތުގައި ނުދައްކަން. އަޅުގަނޑުމެން މިދައްކަނީ އެއްވެސް އެއްޗެއް ނުލިބޭ ރާއްޖޭގެ ރަށްރަށުގެ ދޮށީ ޢުމުރުގެ ބޭފުޅުން. އެބޭފުޅުންނަށް ގޮތެއް ހޯދައި ދިނުމަށް އަޅުގަނޑުމެން އެހީތެރިވެދޭނަމޭ. ދެން އޭގެ ފުރިހަމަ ސިޔާސަތުތައް އިރާދަކުރެއްވިއްޔާ ޕެންޝަނާ ބެހޭ ވުޒާރާއިން، އެއީ ހެލްތު އެންޑް ވެލްފެއަރއިން ހަމަޖެހިގެން ތިޔަބޭފުޅުންނާ ހަމައަށް ފެނިގެންދާނެ. އަޅުގަނޑު އަނެއްކާވެސް ތަކުރާރު ކުރާނި ޢުމުރުން 65 އަހަރުވީ ރާއްޖޭގެ ކޮންމެ ރައްޔިތަކަށް، އަންހެނަކަށްވިޔަސް ފިރިހެނަކަށްވިޔަސް އިރާދަކުރެއްވިއްޔާ ދެހާހެއްހާ ރުފިޔާގެ ޕެންޝަނެއް އަޅުގަނޑުމެން އަރުވާނަމޭ.
ވަރަށް ބޮޑަށް ޝުކުރިއްޔާ އަނެއްކާވެސް ތިޔަބޭފުޅުން އަޅުގަނޑާއެކުގައި މިވަގުތުކޮޅު ދެއްވީތީވެ. އިރާދަކުރެއްވިއްޔާ އަޅުގަނޑު ހަމަ ލަސްތަކެއްނުވެ ތިޔަބޭފުޅުންނާ ބައްދަލުކުރަމުން ގެންދާނަން. އަޅުގަނޑުމެންގެ ސަރުކާރަކީ ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދޭ، އަޅުގަނޑުމެން ކުރާ ކަންކަން ތަފްޞީލުކޮށް ބަރާބަރަށް، އަޅުގަނޑުމެންނަށް ހަމަ އެނގެން ހުރި މިންވަރަކަށް ތިޔަބޭފުޅުންނަށް މަޢްލޫމާތު އަރުވަމުންގެންދާ ސަރުކާރަކަށް ވެގެންދާނެ.

Thank you very much for the international journalists who are present here. We are grateful that you are spending time here and you are informing your public about what is happening here, in the Maldives.

Thank you

ޝުކުރިއްޔާ!

والسّـلام عليـكم