އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ބިލާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ބިލް، އަވަސް ފުރުސަތެއްގައި ފާސްނުކުރައްވައިފިނަމަ، 15 ފެބްރުއަރީ 2009ގެ ކުރިން އިންތިޚާބެއް ބޭއްވޭނެ ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވާތީ، އެންމެ އަވަސް ފުރްޞަތެއްގެ ތެރޭގައި، އެ ދެބިލް ނިންމަވައި ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ދަންނަވާފައެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ކަނޑައެޅިފައިވާ ތާރީޚު ކަމަށްވާ
15 ފެބްރުއަރީ 2009ގެ ނިޔަލަށް މި އިންތިޚާބު ނުބޭއްވިއްޖެނަމަ، އެކަމުން ވަރަށްބޮޑު ޤާނޫނީ ހުސްކަމެއް މެދުވެރިވެގެންދާނެއެވެ. އަދި އެކަން ވެގެންދާނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފުވުން ކަމުގައިވުމުން ރައްޔިތުންގެ މަޖިލީހުން މިދެބިލް އަވަސްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވައެވެ.