އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން ދިން ހަމަލާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކުށްވެރި ކުރައްވައިފިއެވެ. އެމަނިކުފާނު މިކަން ކުށްވެރި ކުރައްވާކަން ހާމަކުރައްވާފައިވަނީ މިއަދު މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
މި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރީގެ ރައީސް ޓްރަމްޕާއި އެމަނިކުފާނުގެ އާއިލާގެ އިތުރުން ހަމަލާގައި ޒަޚަމްވި އެހެން ފަރާތްތަކަށްވެސް ހަމްދަރުދީ އާއި ހެޔޮއެދުންތައް ފޮނުއްވައިފައެވެ.