ދެރަށެއްގެ ކައުންސިލަރގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ދެބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ. މިގޮތުން ޢައްޔަން ކުރެއްވި ދެބޭފުޅުންނަކީ، ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލަރގެ މަގާމަށް ތިމަރަފުށީ ނާއިންފަރުގޭ އިބްރާހީމް ޚަލީލާއި، ހައްދުންމަތީ މާވަށު ކައުންސިލަރގެ މަގާމަށް މާވަށު އޯޝަންވޭވް އާދަމް ޢަބްދުއްރަޙްމާނެވެ.