ޔުޓިލިޓީ ކުންފުނިތަކުން ރަށްރަށުގެ އިންޖީނުގެތައް ހިންގުމުގެ މުހިންމު ކަމުގެ މައްޗަށް މާދަމާގެ ރޭޑިޔޯ ޚިޠާބުގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވާހަކަފުޅު ދައްކަވާނެއެވެ. އަދި މިކަމުން ރައްޔިތުންނަށް ކުރާނެ ފައިދާތަކުގެ މައްޗަށްވެސް ބައްލަވާލައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ މާދަމާ ދެއްވާ ރޭޑިޔޯ ޚިޠާބުގައި، ރަށްރަށުގެ ރައްޔިތުންނަށް ޞިއްޙީ ޚިދްމަތް ދެއްވުމަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތުގެ މައްޗަށްވެސް ވާހަކަފުޅު ދައްކަވާނެއެވެ. އަދި އެމަނިކުފާނު އަންނަ ހަފްތާގައި ޔޫރަޕްގެ ބައެއް ޤައުމުތަކަށް ދަތުރުފުޅެއް ފަށްޓަވާގޮތަށް ހަމަޖެހިފައިވުމާއެކު، އެދަތުރުފުޅުގެ މައްޗަށްވެސް ބައްލަވާލައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބު ދިވެހިރާއްޖޭގެ އަޑުން ފޮނުއްވާނީ މާދަމާ ހެނދުނު 10 ޖަހާއިރުއެވެ.