މަގާމުގެނަން
|
ހެލްޕަރ ލޮޖިސްޓިކްސް
|
ރޭންކް:
|
އެސް.އެސް 2
|
އޮފީސް/ ސެކްރެޓޭރިއެޓް/ ޔުނިޓް:
|
ކޯޕަރޭޓް ސަރވިސް އޮފީސް/ ފައިނޭންސް އެންޑް މެއިންޓެނަންސް
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
އަސާސީ މުސާރަ:
|
3,470.00 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
1,000.00 ރުފިޔާ
|
ޚާއްޞަ އެލަވަންސް:
|
1,561.50ރުފިޔާ (އަސާސީ މުސާރައިގެ %45)
|
ލިވިންގ އެލަވަންސް:
|
2,500.00 ރުފިޔާ
|
އޮގްޒިލަރީ ސަރވިސް އެލަވަންސް:
|
700.00ރުފިޔާ
|
މަގާމުގެ ޝަރުޠު:
|
- ލިޔަންކިޔަން ދަތުން. އަދި މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ދާއިމީ ޑްރައިވިންގ ލައިސަންސް (ކެޓަގަރީ: A1, A0, B1, C1) އޮތް މީހަކު ކަމުގައިވުން.
|
މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:
|
- އޮފީހުން އެކިފަރާތްތަކަށް ރައްދުކުރަންޖެހޭ ތަކެތި ރައްދުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްކުރުމާއި، އޮފީހުގެ ވެހިކަލްތަކުގެ ދަތުރުތައް އޮފީހުން އަންގާ ގޮތުގެ މަތިން ކުރުމާއިއެކު، ވެހިކަލްތައް ސާފުކޮށް ބެލެހެއްޓުން.
|
ހުށަހަޅަންޖެހޭ ތަކެތި:
|
ހ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު".
ށ. ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.
ނ. ވަޒީފާއަށްއެދޭފަރާތުގެވަނަވަރު.
|
އިތުރު މަޢުލޫމާތު :
|
މި މަގާމަށް ޝަރުޠު ހަމަވާ މީހުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު ފުރިހަމަކުރެއްވުމަށްފަހު، އެ ފޯމާއެކު މަތީގައި ބަޔާންކޮށްފައިވާ ހުށަހަޅަންޖެހޭ ތަކެތި، 2023 މޭ 25 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، މި އޮފީހުގެ އީމެއިލް [email protected] މެދުވެރިކޮށް ނުވަތަ މި އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. މި މަގާމަށް އިންޓަރވިއު ކުރެވޭނީ، މަގާމުގެ ޝަރުޠު ހަމަވެ، ޝޯޓް ލިސްޓް ކުރެވޭ މީހުންނާއެވެ. އަދި، ޝޯޓުލިސްޓުކުރުމުގައި މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތަޖުރިބާ ލިބިފައިވާ މިންވަރަށް ބަލައި، އެ މީހުންނަށް އިސްކަންދެވޭނެއެވެ. އަދި ވަޒީފާއަށް އެދި ފޯމު ހުށަހަޅާއިރު އެދުނު މަގާމުގެ ނަމާއި އޮފީސް/ ސެކްރެޓޭރިއެޓް/ ޔުނިޓް ސާފުކޮށް އެނގޭގޮތަށް ޖެއްސެވުން އެދެމެވެ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު" މި އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މި އޮފީހުގެ ވެބްސައިޓްގެ އެޑްރެހަކީ https://presidency.gov.mv/ އެވެ. |