ިއޮފީހުގެ ހުސްވެފައިވާމިދަންނަވާ ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާދަންނަވަމެވެ. މިއޮފީހުގެ ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި،ޤާބިލު މީހުންނެވެ.
މިވަގުތު މިއޮފީހުގައި ހުރި ހުސް މަގާމު:
މަގާމުގެ ނަން:
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
ރޭންކް:
އެމް.އެސް 2
އޮފީސް/ ސެކްރެޓޭރިއެޓް/ ޔުނިޓް:
ލީގަލް އެފެއާޒް އޮފީސް
ބޭނުންވާ އަދަދު:
1 (އެކެއް)
އަސާސީ މުސާރަ:
6,295.00 ރުފިޔާ
ސަރވިސް އެލަވަންސް:
2,000.00ރުފިޔާ
ޚާއްޞަ އެލަވަންސް:
2,832.75 ރުފިޔާ (އަސާސީ މުސާރައިގެ %45)
ލިވިންގ އެލަވަންސް:
00.2,500 ރުފިޔާ
އެޑްމިނިސްޓްރޭޓިވް ސަޕޯޓް އެލަވަންސް:
1,250.00 ރުފިޔާ
މަގާމުގެ ޝަރުޠު:
- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެލެވެލް 4 (ސެޓްފިކެޓް 4) ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
 
- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ޑިޕްލޮމާ) ނުވަތަ ލެވެލް 6 (ޕްރޮފެޝަނަލް ސެޓްފިކެޓް/ އެޑްވާންސްޑް ޑިޕްލޮމާ/ އެސޯސިއޭޓް ޑިގްރީ/ ފައުންޑޭޝަން ޑިގްރީ) ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
 
- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ބެޗްލަރސް ޑިގްރީ/ ޕްރޮފެޝަނަލް ސެޓްފިކެޓް/ ޕްރޮފެޝަނަލް ޑިޕްލޮމާ) ނުވަތަ ލެވެލް 8 (ގްރެޖުއޭޓް/ ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓް/ ގްރެޖުއޭޓް/ ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ/ ބެޗްލަރސް ޑިގްރީ ވިތް އޮނަރސް) ގެ ސަނަދެއް ޙާޞިލުކޮށްފައިވުން.
މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:
- ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމަށް ލިބޭ ޤާނޫނުތައް ޝާއިޢުކުރުމާއި ގަވާއިދުތަކާއި އުސޫލުތަކާއި އެހެނިހެން ލިޔުންތައް ބަލައި ޗެކުކޮށް، ލޭއައުޓް ހަދައި، ޕްރޫފް ބެލުމަށްފަހު، ހަމަޖައްސައިފައިވާ އުސޫލުތަކާ އެއްގޮތަށް ގެޒެޓުގައި ޝާއިޢުކުރުމާއި، މި މަސައްކަތް މޮނިޓަރކޮށް ބެލެހެއްޓުމާއި ގެޒެޓުގެ މަސައްކަތާ ގުޅިގެން ކުރަންޖެހޭ އިދާރީ ކަންކަން ކުރުން.
-  ލީގަލް އެފެއާޒް އޮފީހުގެ ބަޖެޓް އެކުލަވައިލުމުގެ މަސައްކަތްކުރުން.
ހުށަހަޅަންޖެހޭ ތަކެތި:
ހ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން   ފުރިހަމަކުރާ މަޢުލޫމާތު ފޯމު".
ށ. ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.
 ނ. ފުރިހަމަ ކުރަމުންދާ ކޯސް ނިމި، ނަމަވެސް ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުން.
ރ. ވަޒީފާއަށްއެދޭފަރާތުގެވަނަވަރު.
މި މަގާމުތަކަށް ޝަރުޠު ފުރިހަމަވާ މީހުން،މަތީގައި ބަޔާންކޮށްފައިވާ ލިޔުންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމާއެކު، 2022 ޑިސެންބަރު 11 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، މިއޮފީހުގެ އީމެއިލް [email protected] މެދުވެރިކޮށް ނުވަތަ މި އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުން އެދެމެވެ. މި މަގާމަށް އިންޓަރވިއު ކުރެވޭނީ، މަގާމުގެ ޝަރުޠު ހަމަވެ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކާއެވެ. އަދި
ވަޒީފާއަށް އެދި ފޯމު ހުށަހަޅާއިރު އެދުނު މަގާމުގެ ނަމާއި އޮފީސް/ ސެކްރެޓޭރިއެޓް/ ޔުނިޓް ސާފުކޮށް އެނގޭގޮތަށް ޖެއްސެވުން އެދެމެވެ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު" މި އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.މި އޮފީހުގެ ވެބްސައިޓްގެ އެޑްރެހަކީ https://presidency.gov.mv/ އެވެ.
05 ޑިސެންބަރު 2022