ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓަރީގެ މަޤާމަށް، ހެންވޭރު ޓިވެގާލައިޓް، އާމިނަތު ޝިފާނާ މިއަދު ޢައްޔަން ކުރައްވައިފިއެވެ.

ޝިފާނާ މި މަޤާމަށް ޢައްޔަންކުރެއްވުމުގެ ކުރިން ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމުގައެވެ. އޭގެ އިތުރުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯސަލް ސަރވިސްގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމާއި ދަޢުލަތުގެ އެހެން ބައެއް އިދާރާތަކުގައި އިސްމަޤާމުތައް ފުރުއްވާފައިވެއެވެ.

ޝިފާނާ ވަނީ މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން މާސްޓަރ އޮފް މެނޭޖްމަންޓް ހާޞިލު ކުރައްވާފައެވެ.