- ފުރަތަމަ ޞަފްޙާ
- ޕްރެސް އޮފީސް
- ޚަބަރު
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ، އ.ދ. މަޖިލީހުގެ 64 ވަނަ ޢާންމު ބައްދަލުވުމުގައި މިރޭ ތަޤްރީރު ކުރައްވާނެ
24 ސެޕްޓެންބަރު 2009، ރިފަރެންސް: 2009-719
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އ.ދ. މަޖިލީހުގެ ޢާންމު ބައްދަލުވުމުގައި މިރޭ ތަޤްރީރު ކުރައްވާނެއެވެ. އެމަނިކުފާނު ތަޤްރީރު ކުރައްވާނީ ރާއްޖޭ ގަޑިން މިރޭ 12 ޖަހާއިރު، ނިއުޔޯކް ގަޑިން މިއަދު މެންދުރުފަހު 3 ޖަހާއިރު ފަށާ ބައްދަލުވުމުގައެވެ. ރައީސުލްޖުމްހޫރިއްޔާ ތަޤްރީރު ކުރައްވާނީ 12 ވަނަ އަށެވެ. އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާ ތަޤްރީރު ކުރައްވާނެ ކަމަށް ލަފާކުރެވެނީ ރާއްޖޭގަޑިން މިރޭ މެންދަމު 1.00އާއި 2.00އާ ދެމެދުގެ ވަގުތެއްގައެވެ.