- ފުރަތަމަ ޞަފްޙާ
- ޕްރެސް އޮފީސް
- ޚަބަރު
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ، މާދަމާ ދެއްވާ ރޭޑިޔޯ ޚިޠާބުގައި، މައިގަނޑު ގޮތެއްގައި ބައްލަވާލައްވާނީ އެމަނިކުފާނު ނިއުޔޯކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަށް
24 ސެޕްޓެންބަރު 2009، ރިފަރެންސް: 2009-718
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މާދަމާ ދެއްވާ ރޭޑިޔޯ ޚިޠާބުގައި މައިގަނޑު ގޮތެއްގައި ބައްލަވާލައްވާނީ، އެމަނިކުފާނު ނިއުޔޯކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަށެވެ. މާދަމާ ހެނދުނު 7.15 ގައި ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި، އެމަނިކުފާނު ރޭޑިއޯ ޚިޠާބު ދެއްވާނީ ނިއުޔޯކުންނެވެ. މިއީ، ރާއްޖެއިން ބޭރުގައި ހުންނަވާފައި އެމަނިކުފާނު ދެއްވާ ފުރަތަމަ ރޭޑިޔޯ ޚިޠާބެވެ. މި ދަތުރުފުޅުގައި، އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވި އަދި ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާ ބައްދަލުވުންތަކުގެ ތަފްޞީލު ދެއްވާނެއެވެ.