ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އެމެރިކާއަށް ކުރައްވާ ދަތުރުފުޅުގައި ރޭ ނިއުޔޯކަށް ވަޑައިގެންފިއެވެ. ނިއުޔޯކްގެ ޖޯން އެފް. ކެނެޑީ އެއަރޕޯޓުން ރައީސުލްޖުމްހޫރިއްޔާއަށް މަރްޙަބާ ވިދާޅުވީ، އ.ދ.ގައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބު ޢަބްދުލްޣަފޫރު މުޙަންމަދެވެ.
މިއަދު ފެށުމަށް ހަމަޖެހިފައިވާ އައޯސީސް ކްލައިމެޓް ޗޭންޖް ސަމިޓުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެން، މިސަމިޓުގައި އެމަނިކުފާނު ތަޤްރީރު ކުރައްވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، އ.ދ.ގެ 64 ވަނަ ޢާންމު ބައްދަލުވުމުގައާއި، ޔޫ.އެން.ކްލައިމެޓް ޗޭންޖް ސަމިޓުގައިވެސް ތަޤްރީރު ކުރައްވާނެއެވެ. އަދި، މިދަތުރުފުޅުގައި، ބައެއް ޤައުމުތަކުގެ އިސްވެރިންނާވެސް ރައީސުލްޖުމްހޫރިއްޔާ ބައްދަލްކުރައްވާ ގޮތަށްވަނީ ހަމަޖެހިފައެވެ.