ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސް ޢަބްދުﷲ ޝާހިދު މިމަހުގެ 6 އިން 9 އަށް ރާއްޖެއަށް ރަސްމީދަތުރުފުޅެގައި ވަޑައިގަންނަވާނެއެވެ.

އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސްގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެއެވެ.

އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރިޔާސަތު ރާއްޖެއިން ބަލަހައްޓަމުން ދިޔުމަކީ ރާއްޖެ އ.ދ.ގައި ބައިވެރިވުމަށްފަހު ފާއިތުވި މާޒީގައި ޚާރިޖީ ދާއިރާއިން ރާއްޖެއަށް ނުލިބޭހާ ބޮޑު ކުރިއެރުމެކެވެ.