ދިވެހިރާއްޖޭގެ އަޑު މެދުވެރި ކުރައްވައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ދެއްވާ ހަފްތާ ރޭޑިޔޯ ޚިޠާބު މި ރަމަޟާންމަހު ފޮނުއްވާނީ ހެނދުނު 10.15ގައެވެ. މިގޮތުން، މާދަމާ އެމަނިކުފާނު ދެއްވާ ޚިޠާބުގައި، ސަރުކާރުގެ ޚަރަދުތައް ކުޑަކުރެއްވުމަށާއި އާމްދަނީ އިތުރުކުރެއްވުމަށް އަޅުއްވަމުން ގެންދަވާ ފިޔަވޅުތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާނެއެވެ. އަދި، ރާއްޖޭގެ އެކި ވަޒީފާތަކަށް ގެންނަ ބިދޭސިން ވާރކް ޕާމިޓް ފީއެއް ދައްކައިގެން ރާއްޖޭގައި ވަޒީފާ އަދާކުރާގޮތަށް ހަމަޖެއްސެވުމަށް ނިންމަވާފައިވުމާއެކު އެކަމުގެ މައްޗަށްވެސް ބައްލަވާލައްވާނެއެވެ.